ނީލަން
ނަންބަރު: (IUL)374-A/374/2019/85
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 26 އޮކްޓޫބަރު 2019 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގައި ހުރި ބައެއް ތަކެތި ނީލަންކިޔުން

މިއިދާރާގައި ހުރި ބައެއް ތަކެތި ނީލަންކިޔުން

 

            މިއިދާރާއިން ބާވެގެންނާއި، ހަލާކުވެގެން ނަގާފައިވާ ބައެއްތަކެތީގެ ނީލަންކިޔުން 2019 އޮކްޓޫބަރު 26 ވާ ހޮނިހިރު ދުވަހު ވެޔޮދޮށު މައިޒާނުގައި އޮންނާނެއެވެ. މިނީލަމުގައި މައިގަނޑު ގޮތެއްގައި ހުންނާނީ ގޮނޑި، މޭޒު، އެއަރ ކޮންޑިޝަންއާއި އަދި ގެދޮރު ޢިމާރާތްކުރުމުގެ މަސައްކަތަށް  ބޭނުންކުރާ ސާމާނު ފަދަ ތަކެއްޗެވެ. މިނީލަމުގައި ހިމެނޭ ތަކެތީގެ ލިސްޓާއި، އެތަކެތީގެ ނީލަން ފެށުމަށް ހަމަޖައްސާފައިވާ އަގު އެގޭނޭ ލިސްޓް މިއިޢުލާނާއެކު ބެހެއްޓިފައިވާނެއެވެ.

         ވީމާ، މިނީލަމުގައި ބައިވެރިވެޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2019 އޮކްޓޫބަރު 26 ވާ ހޮނިހިރު ދުވަހުގެ 14:00 އަށް ވެޔޮދޮށު މައިޒާނަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2019 އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފައިސާ ދައްކަވައި ތަކެތި ގެންދަންވާނެއެވެ. މިމުއްދަތުގައި ފައިސާ ދައްކައި ތަކެތި ނުގެންދާ ފަރާތްތަކުގެ ނީލަން ބާޠިލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނުވަތަ ނައްތައިލެވޭނެއެވެ.  

                    

14 ޞަފަރު   1441

13 އޮކްޓޫބަރު 2019

13 އޮކްޓޫބަރު 2019