ދިވެހިރާއްޖެ
އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުއާހަދާ، ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު، މެންބަރ ކޮންމެ ގައުމަކުންވެސް އެގައުމަކުން ބޭރުކުރާ ވިހަގޭހުގެ މިންވަރާއި މިމިންވަރު މަދު ކުރުމަށް ކުރާ މަސައްކަތްތަކާއި އެ މަސައްކަތްތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލް ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ގެ ސިފައިގައި ހުށައަޅަންޖެހެއެވެ. ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ އެހީގައި ބީ.ޔޫ.އާރ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް މިމިނިސްޓްރީއިން މިދަނީ ކުރަމުންނެވެ. މި ދެންނެވުނު ބީ.ޔޫ.އާރް ރިޕޯޓްގެ ލޭއައުޓް ހަދާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ހުށަހަޅަށްޖެހޭ ތަކެތި:
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ސިޓީ)
- ކޮންސަލްޓަންޓްގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓްސްޓް ކުރެވިފައިވާ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ރެފަރެންސް ސިޓީ
- މަސައްކަތުގެ އަގު
- ސޯލްޕްރޮޕްރައިޓަރ ރެޖިސްޓްރޭޝަން
ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން
ޕްރޮޕޯސަލް ހުށަހަޅުއްވާނީ 24 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ޕްރޮޕޯސަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ޕްރޮޕޯސަލް އަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ
ޕްރޮޕޯސަލްތަށް ހުޅުވާނީ 24 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 11:05 ގައި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 24th October at 11:05 –“ Layout Designer for Maldives First Biennial Update Report”
ޕްރޮކިޔުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: +9603018306 ، 3018329+960
އިތުރު މައުލޫމާތު ސާފްކުރެއްވުމަށް
3018490