ދެންނެވުން
ނަންބަރު: (IUL)308/2019/36
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 20 އޮކްޓޫބަރު 2019 14:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު އެކުލަވާލުމާއި ބެހޭ

މިރަށުގައި އެކިއެކި ބޭނުންތަކުގައި ގެންގުޅެމުންދާ ބިދޭސީންގެ މަޢުލޫމާތު 20 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ ކުރިން ކައުންސިލާއި ހިއްސާ ކުރުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އަންގަމެވެ.

މިއީ ލޭބަރ ރިލޭޝަން އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރަށުކައުންސިލް ސިޓީކައުންސިލްގެ އިދާރާގައި ''ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް'' އޮންނަންވާނެ ކަމުގައި، ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާތީ، ބިދޭސީން ގެންނަ ފަރާތްތަކުން ކުރަންލާޒިމް ކަމެއްކަމުގައި ވެސް ދެންނެވީމެވެ.

ވީމާ ބިދޭސީން ގެންގުޅޭ ފަރާތްތަކުން، ނުވަތަ ބިދޭސީ މީހާ ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ކައުންސިލާއި ޙިއްސާ ނުކުރާ ފަރާތްތަކާއި، މަޢުލޫމާތު ޙިއްސާ ކުރުމުގައި އެއްބާރުލުން ނުދޭ ފަރާތްތަކާއި މެދު ކަމާއިބެހޭ ފަރާތްތައް މެދުވެރިކޮށް ޤާނޫނީ ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

13 އޮކްޓޫބަރު 2019