ދިވެހިރާއްޖެ
މަގާމުގެ ނަން |
|
މަޤާމު: |
ސަޕޯރޓް ސަރވިސް އެސިސްޓަންޓް |
މަޤާމު ނަންބަރު: |
J310578 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ސީ.އެސް 1-1 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފީސް ކްލީނަރސް އެންޑް ހެލްޕަރސް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް އިމިގްރޭޝަން ، ކ.މާލެ |
ސެކްޝަން: |
އެޑްމިނިސްޓްރޭޓިވް ސެކްޝަން |
މުސާރަ: |
-/6850 |
ސަރވިސް އެލަވަންސް: |
-/35 (ހާޒިރުވާ ކޮންމެ ދުވަހަކަށް) |
އިތުރު އިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
(ހ) އެއަރކޯންތައް ސަރވިސްކުރުމުގެ މަސައްކަތްތައް ކުރުން. (ށ) ކަރަންޓުގެ މަރާމާތު މަސައްކަތްތައް ކުރުވުން (ނ) ތަނުގެ ފާޚާނާތަކާއި ފަރުނީޗަރތަކަށް ލިބޭ ގެއްލުންތައް ބަލައި، ތަނުގެ ވަސީލަތްތައް ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައް ކޮށް އަދި ބޮޑެތި މަރާމާތުތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން. (ރ) މަރާމާތުގެ މަސައްކަތާއި ގުޅޭ މަސައްކަތްތައް ކުރުމަށް އިމާރާތް ހުޅުވުމާއި މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން. (ބ) ތަނުގެ އާލާތްތައް (އިކުއިޕްމަންޓްތައް) މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން. (ޅ) ކޮންޓްރެކްޓް މަސައްކަތަށް ޙަވާލުކުރެވިފައިވާ މެއިންޓަނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި މަސައްކަތް ކުރިގޮތުގެ ރިޕޯޓް ފުރިހަމަކުރުން. (ކ) ސެކިއުރިޓީ ވަރުގަދަ ސަރަހައްދުތައް ފޮޅާ ސާފުކޮށް އެތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން. (އ) އޮފީސް ފޮޅާ ސާފުކުރުމާއި، ކުނިކެހުން، ފެންފޮތިލުން އަދި ވެކިއުމް ކުރުން. (ވ) ސާފުކުރުމަށް ބޭނުންކުރާ އާލާތްތައް (އިކުއިޕްމަންޓްތައް) ރައްކާތެރިކަމާއި އެކު ފޮޅާ، ސާފުކޮށް ބެލެހެއްޓުން. (މ) ސްޓޮކް ހަމަކުރަންޖެހޭ ތަންތަނަށް (ފާހާނާ، ޕޭންޓްރީ ) ތަކެތި ހަމަކޮށް ބެހެއްޓުން. (ފ) އެކިފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވޭ ލިއެކިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމާނާތްތެރިކަމާއިއެކު ރައްދުކޮށްދިނުން. (ދ) އިމާރާތާއި އިމާރާތްތަކުގައިވާ ތަކެތި، ބެލެހެއްޓުން. (ތ) އޮފީހުގެ ހާއްސަ މަސައްކަތްތަކުގައި ބޭނުންވާ އިންތިޒާމްތައް ވެރިންގެ އިރުޝާދުގެ ދަށުން ހަމަޖެއްސުން. (ލ) ތަމްރީންތަކުގައްޔާއި ޖަލްސާ އަދި ބައްދަލުވުންތަކަށް ކެއިން ބުއިމުގެ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން. (ގ) އޮފީހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން |
(ހ) ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްޚީ ޤާބިލްކަން ލިބިފައިވުން. (ށ) ޖިސްމާނީ ގޮތުން މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާ (ސިޓީފަދަ ލިޔެކިޔުން ބެހުމާއި، ބަރުތަކެތި އުފުލޭ) އުފުލޭނޭ މީހެއްކަމުގައިވުން. (ނ) އަދަބު އިޙްތިރާމާއިއެކު މުޢާމަލާތްކުރަން ދަންނަ މީހެއްކަމުގައިވުން. (ރ) ހަވާލުކުރާ މަސައްކަތެއް އަމިއްލަ ވިސްނުމުގައި ސުޕަވައިޒަރުގެ އިތުރު އެހީއާއިނުލާ ކުރުމުގެ ޤާބިލްކަން ލިބިފައިވުން. (ބ) އިމާރާތްތަކުގައިވާ ތަކެއްޗާއި، އިމާރާތް ބެލެހެއްޓުމުގެ ގާބިލްކަން ލިބިފައިވުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮކްޓޯބަރ 2019 ގެ 1400 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3320011 މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައެޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 – 24 އޮކްޓޯބަރ 2019 އާއި ދެމެދު، މޯލްޑިވްސް އިމިގްރޭޝަން (ހ. ވެލާނާގެ 1 ވަނަ ފަންގިފިލާ) ގައެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ނޯޓު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުރުމަށް ގުޅާނީ ފޯނު 3330410، 3330411 އަށެވެ. އަދި ފެކްސް ކުރާނެ ނަންބަރަކީ، 3320011 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.
|