ދިވެހިރާއްޖެ
ސްކޫލް ހޯލް އިމާރާތުގެ ސީލިންގ އާއި ޕާޓްޝަން އާކުރުމާއި ބެހޭ
މިސްކޫލުގެ ހަރުގެ ވައްތަރަށް އިމާރާތްކޮށްފައިވާ އިމާރާތުގެ ސީލިން އާއި ޕާޓްޝަން މަރާމާތު ކުރުމުގެ
މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު އިއުލާން ނަމްބަރ GS-205/IUL/2019/41
އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމުގައިވާތީ މި އިއުލާން ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ. ވީމާ،
މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތރީގައި މިދަންނަވާ އުސޫލުން ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު
އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުން |
17 އޮކްޓޫބަރު 2019 ހެނދުނު 10:30 |
ރަތަފަންދޫ ސްކޫލް އޮފީސް |
އަންދާސީ ހިސާބް ހުށަހެޅުން |
24 އޮކްޓޫބަރު 2019 ހެނދުނު 10:30 |
ރަތަފަންދޫ ސްކޫލް އޮފީސް |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު
ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ.
މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ
މައުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)
އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.