މަސައްކަތް
ނަންބަރު: GS66/IUL/2019/23
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 21 އޮކްޓޫބަރު 2019 11:00
ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ތޮއްޑޫ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން (3 ވަނަ އިޢުލާން)

ބީލަން ހުށަހެޅުމުގެ ދައުވަތު

  1. މި ސްކޫލްގެ އިޢުލާނު ނަންބަރު GS66/IUL/2019/20 (16 ސެޕްޓެމްބަރ 2019) އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ އިޢްލާން ބާޠިލްކޮށް މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޯބަރ 14 އިން 2019 އޮކްޓޯބަރ 20 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރ 20 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ނުވަތަ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 21 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 31 ވާ ބުރާސްފަރި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  6. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތޮއްޑޫ ސްކޫލް

  އއ.ތޮއްޑޫ، ދިވެހިރާއްޖެ

ފޯން: 6660819

އީ-މެއިލް: [email protected]

13 އޮކްޓޯބަރ 2019މ

14 ޞަފަރު 1440ހ

13 އޮކްޓޫބަރު 2019