މަސައްކަތް
ނަންބަރު: GS138IUL2019P21
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 16 އޮކްޓޫބަރު 2019 13:00
ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ސްޓާފުރޫމްގައި ފާހާނާއެއް ޢިމާރާތްކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

ސްޓާފުރޫމްގައި ފާހާނާއެއް ޢިމާރާތްކުރުމާ ގުޅޭ:

މިސްކޫލުގައި ސްޓާފުން ބޭނުންކުރުމަށް ހާއްސަ ފާހާނާއެއް، މިސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް އިމާރާތްކުރުމަށް ކުރެވުނު އިއުލާން ނަންބަރ GS138IUL2019P17 އާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅި ފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީވެ، އެއިއުލާން ބާތިލްކުރުމަށްފަހު އަލުން ފުރުސަތު ހުޅުވާލަމެވެ. އެގޮތުން 35000.00 ރުފިޔާއަށް ވުރެ ބޮޑުނުވާނޭހެން މި މަސައްކަތް ކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށައަޅުން

 2019 އޮކްޓޯބަރ 16 ވަނަ ދުވަހުގެ 13:00 ގައި ސްކޫލްގެ އޮފީހުގައި

2019 އޮކްޓޯބަރ 20 ވަނަ ދުވަހުގެ 13:00 ގައި ސްކޫލްގެ އޮފީހުގައި

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު، ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅިދާނެއެވެ.

އަންދާސީހިސާބު ހުށައަޅާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށައަޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށައަޅާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށައަޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށައަޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

13 އޮކްޓޫބަރު 2019