ދިވެހިރާއްޖެ
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައި ބަޔާން ކުރެވިފައިވާ، ސަބްކޮމިޓީ ތަކުގެ ތެރެއިން ޖަޖާރސް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް 2019 އޯގަސްޓް 18ވަނަ ދުވަހު ފުރުސަތު ހުޅުވާލުމުން، މެންބަރުކަމަށް ޝައުޤުވެރިކަން ފާޅުކުރަށްވާފައިވާ ބޭފުޅުންގެ އަދަދު ހަމަވެފައިނުވެއެވެ.
ވީމާ، 2019 އޮކްޓޯބަރ 12ވަނަ ދުވަހުން ފެށިގެން 2019 އޮކްޓޯބަރ 20ވަނަ ދުވަހުގެ 13:00 ގަޑިސުންމިނެޓް ގެ ކުރިން، ކުރިމަތިލެއްވުމަށް ބޭނުފުޅުވާ ފަރާތުގެ ވަނަވަރު ހިމެނޭގޮތަށް، މި އެސޯސިއޭޝަންގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރަށްވާނަމަ،[email protected] ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މި އިޢުލާން ގައި ބުނެވިފައިވާ، ޝަރުތު އަދި ހުށަހަޅަންޖެހޭ ލިޔުންތަށް ހަމަނުވާނަމަ، ހުށަހެޅުންތަށް ބާތިލްވާނެ ވާހަކަދެންނެވީމެވެ. އަދި ޖަޖާރސް ކޮމިޓީ އަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، ކޮމިޓީއަށް އައްޔަނު ކުރާނީ 4 (ހަތަރެއް) މެންބަރުން ނެވެ.
ޝަރުތު:
1- ދިވެހިރައްޔިތެއް ކަމުގައިވުން.
2- ޖަޖިންގެ ދާއިރާއިން ކޯހެއްހަދައި ޖަޖެއްގެ ގޮތުގައި ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގައި ރެޖިސްޓްރީ ކޮށްފައިވާ ޖަޖެއް ކަމުގައިވުން.
3- ނެޝަނަލް ނުވަތަ އިންޓަނޭޝަނަލް ޖަޖެއް ކަމުގައިވުން.
ހުށަހަޅަންޖެހޭ ލިޔުންތަށް:
1- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެ ސާފު ކޮޕީއެއް
2- ޖަޖާރސް ލައިސަންސް (ނޭޝަނަލް އަދި އިންޓާނޭޝަނަލް) ސާފު ކޮޕީއެއް
3- ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް (ފޮޓޯ ނެގިފަހުން 3 މަސްހަމަނުވާ)
ނޯޓް: BBAM-I/2019/007 ނަންބަރު އިޢުލާނު ޝާޢިއު ކުރި ތާރީޙުން ފެށިގެން، އަލުން ކޮމިޓީ އެކުލަވާލެވެންދެން، މި އެސޯސިއޭޝަންގެ ޖަޖާރސް ކޮމިޓީ އުވުވިފައިވާ ކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދުމަށް ގުޅާނީ 7812226 ނަންބަރު ފޯނާއެވެ.