ދިވެހިރާއްޖެ
މަޤާމް: |
ފައިނޭންސް އޮފިސަރ |
|
މަޤާމުގެ ނަންބަރު: |
J-312055 |
|
ބޭނުންވާ އަދަދު: |
01 |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
އެމް އެސް 2 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ |
|
މުސާރަ: |
6295.00 ރުފިޔާ |
|
ސަރވިސް އެލެވަންސް: |
2000.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
ޓެކްނިކަލްކޯ އެލަވަންސް 1762.60 |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
01- ބަޖެޓް ސެކްޝަނުން ތައްޔާރުކުރަންޖެހޭ ޕޭމަންޓް ވައުޗަރުތަކާއި، ރިޕޯޓްތަކާއި، ސްޓޭޓްމަންޓްތަކާއި، ފައިސާއާބެހޭ އެންމެހައި ލިޔުންތަކުގެ ހިސާބު ޗެކްކުރުމާއި ރަށުގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހާ ވަޞީލަލްތައް ބެލެހެއްޓުން 02- ކައުންސިލް އިދާރާގެ ބަޖެޓާބެހޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުމާއި، ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުމާއި ވެރިންނަށް ރިޕޯޓްކުރުން 03- ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓްގެ ޚަރަދު ކޮންޓްރޯލްކުރުމާއި ބަޖެޓްގެ ހިސާބު ކިތާބު ބެލެހެއްޓުމާއި ކައުންސިލް އިދާރާގެ ޚަރަދުތަކަށް ބަޖެޓްގެ ބޭރުން ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސްއަށް ހުށަހަޅައިގެން ފައިސާ ހޯދުމާއި އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް ފައިސާއާބެހޭ އެންމެހާ މަސައްކަތްކުރުން 04- ކައުންސިލް އިދާރާގެ އިންޓަރނަލް އޯޑިޓްކުރުމާއި ފާހަގަކުރެވޭ ކަންތައްތައް ކައުންސިލަށް ރިޕޯޓްކޮށް ހުރި މައްސަލަތައް ރަގަޅުކުރުމަށް މަސައްކަތްކުރުން 05- ކައުންސިލްގެ ބަޖެޓަށް ހޯދަންޖެހޭ ފައިސާގެ ވައުޗަރުތަކާއި ކޭޝްފްލޯ ފޯކާސްޓާއި މަސްދުވަހުގެ ޚަރަދު ރިޕޯޓް ތައްޔާރުކުރުމާއި، އާމްދަނީ އެކައުންޓްތައް ރީކޮންސައިލްކޮށް ބެލެހެއްޓުމާއި މުވައްޒަފުންގެ މުސާރައާއި ޕެންޝަން ކޮންޓިބިއުޝަންގެ މަސައްކަތް ކުރުމާއި ކައުންސިލް އިދާރާގެ ތިޖޫރީ ބެލެހެއްޓުން 06-ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުންހެދޭ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ކަނޑައަޅާ ފީތައް ނެގުން |
|
މަޤާމުގެ ޝަރުޠުތައް:
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ)ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ)އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން 3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (21 އޮކްޓޫބަރ 2019) ދުވަހުގެ (13:30) ގެ ކުރިން، (ގދ.ރަތަފަންދޫ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected] (މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (23 އޮކްޓޫބަރ 2019 ) އާއި (31 އޮކްޓޫބަރ 2019) އާ ދެމެދު،ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާ ގައެވެ. |
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (ފޯނު ނަންބަރު6840016)އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
ނޯޓް: މި މަޤާމަށް މީހަކު ހޮވުމަށް 26 އޮގަސްޓް 2019 ގައި ކުރެވުނު މި އިދާރާގެ އިޢުލާން ނަމްބަރ: (IUL)420-AS/420/2019/32 ގައިވާ މަޢުލޫމާތުގެ ކުށެއްގެ ސަބަބަބުން އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ. |
|
|
|
|
|