ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-ESMSPL/419/2019/32
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 10 ނޮވެންބަރު 2019 13:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:

 

 

 

ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން އަތޮޅުތަކުގައި ހައުސިންގ ޔުނިޓްތައް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން ގދ.ގައްދޫގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްގެ ތެރެއިން ރަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އަޅާނެ ގޯތިތަކެއް ކަނޑައަޅައި އެކަމާއިބެހޭ މަޢުލޫމާތު މިނިސްޓްރީ އޮފް އަރބަން ޑިވެލޮޕްމަންޓަށް ފޮނުވުމަށްޓަކައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޢައްމުކޮށް ހުޅުވާލަމެވެ.

މިއިޢުލާނާއި އެކު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން އެކުލަވާލާފައިވާ "ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތްކުރުމާއިބެހޭ އުޞޫލު (11 ސެޕްޓެމްބަރ 2019)" ޢައްމުކުރަމެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ އުޞޫލުގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، "ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު 10 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. "ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް އެދޭ ފޯމް" މިއިދާރާގެ ރިސެޕްޝަނުން ލިބެންހުންނާނެވެ. ފޯމް ބަލައިގަތުން އޮންނާނީ ކޮންމެ ރަސްމީ ދުވަހެގެ ހެނދުނު 08:30 އިން ފެށިގެން މެންދުނރުފަހު 13:30 އާ ހަމައަށެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

                     10 އޮކްޓޯބަރ 2019

10 އޮކްޓޫބަރު 2019