ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2019/52
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 17 އޮކްޓޫބަރު 2019 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން

ރުއްގަހުގެ ވެރިން ހޯދުމަށް

             ގަމު ރީޖަނަލް ހޮސްޕިޓަލުގެ ގޯއްޗަށް އިތުރުކުރެވިފައިވާ ބިމުގައި މި އިދާރާއިން A-01 ން A-100 ށް، B-01 ން B-100 ށް، C-01 ން C-100 ށް، D-01 ން D-17 ށް ނަންބަރު ޖަހާފައިވާ އެކިވަރުގެ ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މަތީގައި ދެންނެވިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން މި އިދާރާއަށް ދުރުވެ ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ނަންގަވާ ފުރިހަމަކުރެއްވުމަށް ފަހު 17 އޮކްޓޫބަރު 2019 ވަނަ  ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން 13:00 ށް ލިބެން ހުންނާނެއެވެ. ނުފޯދޭ ރުއްގަހުގެ ކެޓަގަރީން ކުދި އަދި މެދު ފަންތީގެ ރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް 31 އޮކްޓޫބަރު 2019 ގެ ކުރިން އެތަކެތި ނަގައިގެން ގެންދިޔުމުގެ ފުރުޞަތު އެ ތަކެތީގެ ވެރިންނަށް ދެވޭނެއެވެ. މީގެ އިތުރަށް ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައި ނުގަންނާނެ ކަމުގައިވެސް ދެންނެވީމެވެ.     

                       

               09 ޞަފަރު   1441ހ

              08 އޮކްޓޯބަރު   2019 މ

 

08 އޮކްޓޫބަރު 2019