މަސައްކަތް
ނަންބަރު: (IUL)340/340/2019/51
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 24 އޮކްޓޫބަރު 2019 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ގަބުރުސްތާން ނޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށު ގަބުރުސްތާން ނޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުންކުރި ނަންބަރު: IUL)340/340/2019/42) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ ޢިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލަމެވެ.

                          ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2019 އޮކްޓޫބަރު 10 އިން 21 އަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 42ރ (ސާޅީސް ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި ސަމާލުކަންޖެހޭ ކަންކަމާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

          މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާލެއްވާނަމަ 2019 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް މަތީގައިވާ މެއިލަށް މެއިލްކުރުމުން ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 2019 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 10:40ގައި މި އިދާރާގައެވެ. އަދި ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2019 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 10:40ގައި މި އިދާރާގައެވެ. 

10 އޮކްޓޫބަރު 2019