ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2019/48
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 13 އޮކްޓޫބަރު 2019 20:45
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިލިބޭ ސަރަހައްދު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން

ހދ. ނޮޅިވަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް 14 ފެބުރުއަރީ 2019 ގައި ކުރެވުނު އިޢުލާން (ނަމްބަރު: (IUL)264/PRIV/2019/7) އާއި ގުޅިގެން  ގޯތި ލިބޭ 75 މީހުންގެ މެދުގައި، ގޯތިލިބޭ ސަރަހައްދު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން          13 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 20:45 ގައި ނޮޅިވަރަމް ސްކޫލް ހޯލްގައި އޮންނާނެއެވެ.

ގުރުއަތުގައި ބައިވެރިވެވޭނީ ގޯތިލިބޭފަރާތް ނުވަތަ ފޯމްގައި ބަދަލުގައި ހަމަޖައްސާފައިވާ ފަރާތަށެވެ. މީގެ އިތުރުން އެހެން ފަރާތެއް ގުރުއަތު ނެގުމަށް ހަމަޖައްސަން ބޭނުންވާނަމަ           13 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން ބަދަލުގައި ހަމަޖައްސާ ފަރާތުގެ (އައިޑީކާޑް ކޮޕީ އަކާއެކު) މައުލޫމާތު ހުށަހެޅުމަށް ދަންނަވަމެވެ.

ގުރުއަތުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

10 އޮކްޓޫބަރު 2019