ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)265/265/2019/33
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 23 އޮކްޓޫބަރު 2019 14:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް:                     މަސައްކަތު   

ބޭނުންވާ ޢަދަދު:                1 ( އެކެއް )

ކްލެސިފިކޭޝަން:                ސަޕޯޓް ސްޓާފް ގްރޭޑް1 

ސަރވިސް:                    ސަޕޯޓް ސަރވިސް

ރޭންކް:                      އެސް.އެސް. 1  ( ސަޕޯޓް ސަރވިސް 1 )

އޮފީސް:                     ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ

ޔުނިޓް:                      އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމުގެ ގިންތި:                 ދާއިމީ

މަގާމުގެމުސާރަ:                 މަހަކު 3100.00 ރުފިޔާ

ސަރވިސް އެލަވަންސް:            މަހަކު1000.00 ރުފިޔާ.

ސަޕޯޓިންގ ކޯ އެލަވަންސް:          މަހަކު1200.00 ރުފިޔާ.

މަޤާމުގެ ޝަރުތު:

1 . ލިޔަންކިޔަން އެނގުން

 

ނޯޓް:
* ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

މަގާމުގެ މަސްއޫލިއްޔަތު:

01-    ރަށުކައުންސިލުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ރަށުކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި އިމާމު/ މުދިމު އަންގާ ގޮތެއްގެމަތިން މަސައްކަތްކުރުން.

02-    ރަށުކައުންސިލުން އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފްކުރުމާއި، ފާޚާނާއާއި، އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފްކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކެހުމާއި، ވިނަނޮޅުމާއި، ކުނި އުކާލުމުގެ މަސައްކަތްކުރުން (މީގެ ތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތައް ނުހިމެނެއެވެ.)

03-    މިސްކިތުގެ ވަޅު ދިޔަހިއްކާ ސާފްކުރުން.

04-    އިމާމް/ މުދިމު އަންގާގޮތެއްގެމަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރިލެވިފައިވާ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާ ސާފްކުރުން. އަދި ހޮޅިބުރިތަކާއި، ފަންކާތައް ކައުންސިލުން ހަމަޖައްސާ އުޞޫލަކުން ދިއްލުމާއި ނިއްވުން.

05-    މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން މުދިމު/ އިމާމު އަށާއި ރަށުކައުންސިލަށް އަންގަމުން ގެންދިއުން.

06-    ރަށުކައުންސިލުންނާއި، އިމާމް/ މުދިމު ހަމަޖައްސާގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ، ގަސްތައްކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.

07-    މީގެ އިތުރުންވެސް މިސްކިތާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ގާބިލް  ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމީގޮތުން އެންމެމަތީ މާކްސް ލިބިފައިވާ ފަރާތަށާއި މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއުއިން އެންމެމަތީ މާކްސް ލިބޭ ފަރާތަކަށެވެ.

އިންޓަރވިއު އަދި   ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

  • މި މަޤާމަށް މީހަކުހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނީ ހދ.ކުރިނބި ކައުންސިލްގެ އިދާރާގައެވެ.
  • ·         އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިޢުލާނަށް މުއްދަތުހަމަވާތާ ލަސްވެގެން 05 ދުވަސްތެރޭގައި އެންގޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:  

1-      ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައި ދެވޭނެއެވެ.

2-      ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.

3-      މީގެ އިތުރުން ވެސް ދިވެހި ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންވީ ތާރީޚް:

-          23 އޮކްޓޯބަރ 2019  ވާ  ބުދަ ދުވަހުގެ މެންދުރުފަހު 14:00  ގެ ކުރިން   ތިލަދުންމަތީ  ދެކުނުބުރީ  ކުރިނބީ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް ( މިފޯމް މިކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ )
  • ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ( މަސައްކަތް ކޮށްފައިވާ / ކުރަމުންގެންދާ އޮފީސްތަކާއި، މަޤާމްތައް އަދި މުއްދަތު ބަޔާން ކޮށްފައިވާ ) ލިޔުންތަކުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު: ( ގުޅޭނެ ނަންބަރާއެކު )
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  
  • ސިވިލްސަރވިސްގައި މަސައްކަތް ކުރާ މުއައްޒަފުން އެމުއައްޒަފަކު ވަޒީފާގައި އުޅޭ އޮފީހަކުން އެ މުއައްޒަފުގެ ސުލޫކީ މިންގަނޑާއި އެޕްރައިސަލް މާރކުސް އަންގައިދޭ ލިޔުން.

 

މިހެންވެ މިކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮކްޓޫބަރު 2019