ދިވެހިރާއްޖެ
ނަންބަރު: IUL)285-D/285/2019/37) އިޢުލާން އެއަރ ކޮންޑިޝަނަރ ހަރުކުރުމާއިބެހޭ. ހެނބަދޫ ކައުންސިލްގެ އިދާރާ އަދި ހެނބަދޫ ޕްރީ ސްކޫލްގެ އެއަރ ކޮންޑިޝަނަރ ބަދަލުކުރުމަށް ބޭނުންވާތީ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2019ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށްދުރުވެ ނުވަތަ މި އިދާރާގެ ނަންބަރ 6560018 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މި އިދާރާއަށްދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަގުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި އަގު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިޢުލާނަށް އަގު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 10 ޞޮފަރު 1441 09 އޮކްޓޯބަރ 2019
ޙުސައިން އަބޫބަކުރު ހެނބަދޫ ކައުންސިލްގެ ނައިބް ރައީސް
|