ދިވެހިރާއްޖެ
މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އާއި އެވިޑް ކޮލެޖާއި ގުޅިގެން މ.މަޑުއްވަރީގައި ، އެވިޑް ކޮލެޖުން ދިވެހި ބަހުން ހިންގާ " ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް " ކޯހުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިންނާއި ، އެވިޑް ކޮލެޖުން ލިބިލައްވާނެއެވެ. އަދި އެވިޑް ކޮލެޖްގެ https://www.avidcollege.edu.mv ވެބްސައިޓް އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ދޫކުރުމާއި ، ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ، 14 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އޮފީސް ބަންދު ނޫން ދުވަސްތަކުގައި އެވިޑް ކޮލެޖުންނާއި މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ފޯމް ބަލައިގަންނާނެ ވާހަކަ ދަންނަވަމެވެ. އަދި އޮންލައިންކޮށް ކޯހަށް ހުށަހަޅުއްވަން އެދޭ ފަރާތްތަކުން އަންނަނިވި ލިންކް މެދުވެރިކޮށް ފޯމް އޮންލައިންކޮށް ހުށަހެޅުއްވޭނެއެވެ.
ލިންކް : https://www.avidcollege.edu.mv/online-application-form
ކޯހާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ 7911345 މި ނަންބަރާއި ގުޅުއްވުން އެދެމެވެ.