ދިވެހިރާއްޖެ
މަޤާމް: އެގްޒެކެޓިވް ސެކްރެޓަރީ
މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް
ތަޢުލީމާއި ތަޖުރިބާ:
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޑެޕިއުޓީ ސީ.އީ.އޯ ދެއްވާ އެޕޮއިންޓްމެންޓްތައް ހަމަޖެހިފައިވާ ތާވަލް ބަލަހައްޓާ، އެއްވެސް ބަދަލެއް ގެނެވޭނަމަ އެކަން އެޕޮއިންޓް ހަމަޖެހިފައިވާ ފަރާތްތަކާއި ހިއްސާކުރުން
- ޑެޕިއުޓީ ސީ.އީ.އޯ ގެ މަސައްކަތްތަކުގެ އަޕްޑޭޓް ކޮންމެ އެޗް.އޯ.ޑީ މީޓިންގ އެއްގައި ހިއްސާކުރުން
- ޑެޕިއުޓީ ސީ.އީ.އޯ އަށް އަންނަ ސިޓީތަކާއި އީމެއިލްތަކަށް ޑެޕިއުޓީ ސީ.އީ.އޯގެ ލަފާފުޅުގެ މަތިން ޖަވާބުދާރީވުން ނުވަތަ ކަމާއިބެހޭ ސެކްޝަންތަކާއި ހަވާލުކުރުން
- ޑެޕިއުޓީ ސީ.އީ.އޯގެ ދަޢުވަތަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ އިސް ބޭބޭފުޅުންގެ ދަތުރުތައް ހަމަޖައްސާ، އެބޭބޭފުޅުންނާއިއެކު ޢަމަލީގޮތުން އެކޮމްޕެނީކުރުން
- ޑެޕިއުޓީ ސީ.އީ.އޯގެ އެޕޮއިންޓްމެންޓްތަކާއި އެހެނިހެން ބައްދަލުވުންތަކުގެ ހާޟިރީ ބެލެހެއްޓުމާއި ޔައުމިއްޔާ ލިޔުން
- ޑެޕިއުޓީ ސީ.އީ.އޯ، އިސް މުވައްޒަފުންނާއި ހަވާލުކުރައްވާ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބަލާ، ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ލިސްޓެއް މެއިންޓެއިންކޮށް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން
- ޑެޕިއުޓީ ސީ.އީ.އޯގެ ބައްދަލުވުންތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
- ޑެޕިއުޓީ ސީ.އީ.އޯގެ އެޕޮއިންޓްމެންޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކޮށް ތަން ތައްޔާރުކުރުން
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.
މުސާރައާއި އިނާޔަތް :
މުސާރަ: 7035.00 ރުފިޔާ
ސަރވިސް އެލަވަންސް: 2000.00 ރުފިޔާ
ރިސްކް އެލަވަންސް: 75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)
އެޓެންޑެންސް އެލަވަންސް: 106.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)
ކުރިމަތިލުމުގެ ސުންގަޑި: 22 އޮކްޓޯބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.