ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)292-HR/292/2019/41
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 17 އޮކްޓޫބަރު 2019 13:30
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

01 (އެކެއް)

ބޭނުންވާއަދަދު:

ވަގުތީ

މަޤާމުގެގިންތި:

06 (ހައެއް) މަސްދުވަސް

މުއްދަތު

ޖީ.އެސް 3

މަޤާމުގެރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެކްލެސިފިކޭޝަން:

މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލުގެ އިދާރާ / ނ.މިލަދޫ

ވަޒީފާއަދާކުރަންޖެހޭތަން:

4465.00 ރުފިޔާ ( މަހަކު )

މުސާރަ:

1500.00 ރުފިޔާ ( މަހަކު )

ސަރވިސްއެލެވަންސް:

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އެހެނިހެން އެލަވަންސް:

1-  ކައުންސިލް އިދާރާއަށް ލިބޭ ސިޓީ މެސެޖް ފަދަ ލިޔެކިއުން އެންޓްރީ ކުރުމާއި އެފަދަ ލިޔެކިއުން ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި އެޓެސްޓް ކުރަންގެންނަ ތަކެތި އެޓެސްޓް ކުރުމާއި ކައުންސިލް އިދާރާއިން އެކިއެކި ފަރާތް ތަކަށް ފޮނުވަންޖެހޭ ނުވަތަ ޙަވާލުކުރަންޖެހޭ ސިޓީ މެސެޖް ފަދަ ލިޔެކިއުން އެފަރާތްތަކަށް ފޮނުވުން ނުވަތަ ޙަވާލުކުރުން.

2- އޮފީސް ހުޅުވާލެއްޕުމުގެ ޝެޑިއުލް ތައްޔާރުކޮށް މުވައްޒަފުންނަށް އެންގުމާއި ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އިމާރަތްތަކުގެ ތަޅުދަނޑިތައް ބެލެހެއްޓުން.

3- ކައުންސިލް އިދާރާގެ އެކިއެކި ޔުނިޓުތަކުން ނިންމާ ޙަވާލުކުރެވޭ މައްސަލަތައް ފައިލު ކުރުމާއި ރައްކާތެރިކަމާއެކު ފައިލިން ސިސްޓަމު ބެލެހެއްޓުން.

4- އެކިއެކި ކަންކަމުގައި ކައުންސިލް އިދާރާއަށް އަންނަ ފަރާތްތަކަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމާއި އެކިއެކި ކަންކަމަށް ތައްޔާރުކޮށްފައި ހުންނަ ފޯމް ދޫކުރުމާއި ބަލައިގަތުން.

5- ކައުންސިލުން ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަނެ ފައިސާއާ ބެހޭ މުވައްޒަފަށް ދުވަހުން ދުވަހަށް ޙަވާލުކުރުން.

6- ޔުނިޓުން ލިޔަންޖެހޭ ސިޓީމެސެޖުފަދަ ލިޔުންތައް ލިޔުމާއި ފޮޓޯކޮޕީ ނެގުމާއި މެއިލްކުރުމާއި ބައިންޑުކުރަންޖެހޭ ތަކެތި ބައިންޑުކުރުމާއި ބައެއްކަހަލަ ލިޔެކިޔުންތައް ފޯމެޓުކުރުމާއި ވެބްސައިޓާ ޔައުމިއްޔާއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

1-  ތަޢުލީމަށް ލިބިފައިވާ މިންވަރު

2-  ތަމްރީނަށް ލިބިފައިވާ މިންވަރު

3-  ވަޒީފާއާއިގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބިފައިވާ މިންވަރު

4-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް ބެލުމަށް އިންޓަރވިއު ކޮށްގެން.

5-  މެރިޓް އުސޫލުން އެންމެ މަތީ މަރކްސް ލިބޭ ފަރާތް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް  ސިވިލް ސަރވިސްގެ ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) އަދި މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓިފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.  

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ:

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޮކްޓޫބަރު 2019 ވާ ބުރާސްފަތި  ދުވަހުގެ 13:30 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  18 އޮކްޓޫބަރު 2019 އާއި 24 އޮކްޓޫބަރު 2019 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ ގައެވެ.

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7470014 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

           09 ޞަފަރު 1441

           08 އޮކްޓޫބަރު 2019

08 އޮކްޓޫބަރު 2019