ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމް: މަސައްކަތު
މަޤާމުގެ ނަމްބަރ: J- 221999
މަޤާމުގެ އަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސްއެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ. ކިނބިދޫ
މުސާރަ: -/3100 ރުފިޔާ (މަހަކު)
ސަރވިސް އެލަވަންސް: -/1000 ރުފިޔާ (މަހަކު)
އެހެނިހެން އެލަވަންސް:
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1200 ރުފިޔާ (މަހަކު) ލިބޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- އިދާރާގެ އެތެރެއާއި ބޭރު ކުނިހަކައި ފޮޅައި ސާފުކޮށް ބެލެހެއްޓުން
- ދުވަހުގެ މަސައްކަތަށް އިދާރާގެ އެތެރެ އިންތިޒާމްކުރުން
- ފަރުނީޗަރާއި ފިކްސްޗަރ އަދި މެޝިނަރީޒްތައް ފުހެ ސާފުކޮށް ބެލެހެއްޓުމާއި ކުދި މަރާމާތުތައް ކުރުން
- އިދާރާގެ ގޯތީގައިހުރި ކޮށަންޖެހޭ ގަސްތައް ކޮށައި ބެލެހެއްޓުމާއި، ބަގީޗާގަސް އިންދައި ފެންޖަހައި ހައްދައި ބެލެހެއްޓުން
- އެކިފަރާތްތަކާ ޙަވާލު ކުރަންޖެހޭ ލިޔެކިޔުމާއި ސިޓީފަދަ ތަކެތި ޙަވާލުކުރުން
- ކޮމިޓީތަކާށާއި ރައްޔިތުންނަށާއި، އަދި މިނޫނަސް އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި ކިޔަންޖެހޭ ކިޔުންތަކަށް ކިޔުމާއި، ޖަލްސާތަކަށް ކުރަންޖެހޭ ތައްޔާރީތައް ކުރުން
- ރައްޔިތުންގެ މުދަލާއި ތަންތަން ބެލެހެއްޓުމުގައި އެއްބާރުލުންދީ ޢަމަލީގޮތުން ބައިވެރިވުން
- ފެންތާގީތަކާއި ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުމާއި ކައުންސިލްގެ އިދާރާގެ ތާނގީތަކަށް ބޯފެންނަގައި ރައްކާކުރުން
- ވަޅުދިޔަހިއްކުމާއި ފާޚާނާތައް ދޮވެ ސާފުކުރުން އަދި މީގެއިތުރުން ކައުންސިލް އިދާރާގައި ހިމެނޭ އެންމެހާ ތަކެއްޗާއި ތަންތަން ބެލެހެއްޓުން
- އިދާރާއަށް މާލެއިންނާއި، ރަށްރަށުންނާއި، ރަށުތެރެއިން ގެންނަންޖެހޭ ތަކެތި ގެނައުމާއި އެކިތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުން
- ހިފައިގެންގުޅޭ ތަކެއްޗާއި މަސައްކަތުގައި ބޭނުންކުރާތަކެތި ސާފުކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުން
- ވަޑައިގަންނަވާ ވަފުދުތަކަށް އެހީތެރިކަން ދިނުމާއި މެހުމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން
- އިދާރާއިން ކުރިޔަށް ގެންދާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ފުރިހަމަ އެއްބާރުލުން ދިނުން
މަޤާމުގެ ޝަރުޠުތައް
- ލިޔަންކިޔަން އެގުން
ނޯޓް: ލިޔަންކިޔަން އެނގޭކަމަށްބަލާނީ، ދަށްވެގެން ގުރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން ހުޅައެޅުމުންނެވެ.
ގުޅޭ ވަޒީފާގެ ދާއިރާތައް
- ފޮޅައިސާފުކުރުން
ހުށަހަޅަންޖެހޭ ލިޔެކިއުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި ތަމްރީން (%26)
- ލިބިފައިވާ މަސައްކަތު ތަޖުރިބާ (%26)
- ލިބިފައިވާ ހުނަރު: އިންޓަރވިއު (%48)
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޫބަރ 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ކިނބިދޫ ކައުންސިލްގެ އިދާރާ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 އޮކްޓޫބަރ 20 އާ 2019 އޮކްޓޫބަރ 31 އާ ދެމެދުއެވެ. އިންޓަރވިއު އޮންނާނީ ކިނބިދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ %33 ކެނޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6780031 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
9 ޞަފަރު 1441
8 އޮކްޓޫބަރ 2019