ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS1/1/138/2019/88
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:17
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢިއުލާނު
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ހަތަރުވަނަ ފިޔަވަހީގައި ބިން ވިއްކުމަށް ކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު: (IUL)138-PS2/138/2018/239 (18 ޑިސެމްބަރ 2018) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. މި އިޢުލާނުގައި މ. ވައިޖެހޭގެ އެވެ ކިޔާ ގޯތިން ދައުލަތަށް މިލްކުވެފައިވާ 2 ބިން ވިއްކުމަށް އިޢުލާނު ކުރެވިފައިވަނީ ނުބައި އެޑްރެހެއްގެ ގޮތުގައި އިދާރީގޮތުން އެރިއޮޅުމަކުން ކަމުގައި ދަންނަވަމެވެ. ދައުލަތަށް މިލްކުވެފައިވަނީ "މ. ވައިޖެހޭ" އެވެ ކިޔާ ގޯތިން 2 ބިން ކަމުގައިވާތީ، ހަވާލާދީފައިވާ އިޢުލާނުގައި ހިމެނޭ ބިންތަކުގެ ތެރެއިން "މ. ވައިޖެހޭގެ" އެވެ ކިޔާ ގޯތިން ވިއްކުމަށް އިޢުލާނުކޮށްފައިވާ 275.21 އަކަފޫޓުގެ 2 ބިން ލިސްޓުން އުނިކޮށްފައިވާކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
08 އޮކްޓޫބަރު 2019