ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS5/138/2019/8
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 07 ނޮވެންބަރު 2019 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ވާލްޑް ހެބިޓޭޓް ޑޭ" ކޮންސެޕްޓް ކަރުދާސް ހުށައެޅުމަށް ހުޅުވާލުން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން "ޥޯލްޑް ހެބިޓޭޓް ޑޭ" ފާހަގަ ކުރުމުގެ ގޮތުން "އިންކްލޫސިވް ޕަބްލިކް ހައުސިންގ މޮޑެލްސް ފޯ ސަސްޓެއިނަބަލް ކޮމިއުނިޓީ" ގެ މަޢުލޫއަށް ކޮންސެޕްޓް ކަރުދާސް ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2019 އޮކްޓޫބަރ 08 ވާ އަންގާރަ ދުވަހުގެ 09:00 އިން ފެށިގެން މިމިނިސްޓްރީގެ ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް  www.housing.gov.mv އިން ލިބެން ހުންނާނެއެވެ.

 

ކޮންސެޕްޓް ކަރުދާސް 2019 ނޮވެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވަލޮޕްމަންޓް ގެ ކައުންޓަރއަށް ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ކޮންސެޕްޓް ކަރުދާހުގެ ދިގުމިން 1,000 ބަހާއި 3,000 ބަހާ ދެމެދަށް ދެހެއްޓެންވާނެއެވެ.

 

މިމިނިސްޓްރީގެ ކައުންޓަރއަށް ހުށައަލާ ކޮންސެޕްޓް ކަރުދާސް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި "ވާލްޓް ހެބިޓޭޓް ޑޭ - ކޮންސެޕްޓް ކަރުދާސް"، މިގޮތައް ލިޔެވިފައިވަމާއި، ކަރުދާސް ހުށައަޅަން ހަމަޖެހިފައިވާ ތާރީޙާއި، ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަމާއި އައި.ޑީ ކާޑް ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ.

07 އޮކްޓޫބަރު 2019