ދިވެހިރާއްޖެ
މަޤާމް :ސެކްރެޓަރީ ޖެނެރަލް | |
---|---|
ބޭނުންވާ އަދަދު :1 | |
ވަޒީފާގެ ފުރުޞަތު |
ތާރީޚް: |
08 ޞަފަރު 1441 07 އޮކްޓޫބަރު 2019 |
|
އިޢުލާނު ނަންބަރު: |
123-B/IUL/2019/53 |
||
މަޤާމު |
ސެކްރެޓަރީ ޖެނެރަލް |
||
ބޭނުންވާ ޢަދަދު |
01 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން |
އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ) |
||
މުސާރައާއި ޢިނާޔަތްތައް |
|
||
މަޤާމުގެ މުއްދަތު |
ސެކްރެޓަރީ ޖެނެރަލްގެ ދައުރުގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ. |
||
ޝަރުޠު |
6.1 ސީނިއަރ މެނޭޖްމަންޓް ފަންތީގެ ތަޖުރިބާ ލިބިފައިވުމާއެކު މިކަންކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި، 6.2 ސީނިއަރ މެނޭޖްމަންޓްގައި، މަސައްކަތްކުރި ދާއިރާގެ ހިއްސާދާރުންނާއެކު ނުވަތަ ދާއިރާ ހިއްސާކުރާ ބައިވެރިންނާއެކު ނަތީޖާ ހާސިލްކުރުމަށް ކަނޑައަޅައި، ކަނޑައެޅި އަމާޒަށް ވާޞިލްވެފައިވާކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި، 6.3 ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި، 6.4 ވަޒީފާއާބެހޭ ޤާނޫނާއި ގަވާއިދުތައް އެނގޭކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި، 6.5 ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގު ރޮނގުގެ) މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވުމުގެ ތަޖުރިބާ ހާސިލުކޮށްފައި އޮތުމާއެކު ދާއިރާގެ ޕްރޮފެޝަނަލް ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގައި ލީޑަރޝިޕް ދައުރު އަދާކުރެވިދާނެކަމުގެ ޤާބިލުކަން ހުރިކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި، 6.6 ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ދާއިރާއާ ގުޅޭ މައްސަލަތަކުގައި ލަފާދިނުމުގެ ޤާބިލްކަމާއި، ޤައުމީ، އަދި ބައިނަލް އަޤުވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލް ކުރުމުގެ ޤާބިލްކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން.
|
||
މަޤާމުގެ މަސްއޫލިއްޔަތު |
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަނޑައަޅާ ގަވާއިދުތަކާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކޮމިޝަންގެ އިދާރާ ހިންގުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްތަކެވެ. މީގެއިތުރުން، ކޮމިޝަނުގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން، ކޮމިޝަން އިދާރީގޮތުން ހިންގައި ބެލެހެއްޓުމުގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
|
||
ހުށަހަޅަންޖެހޭ ލިޔުންތައް |
(އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ). 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް). 3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ: 4.1 މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. 4.2 ވަޒީފާއަށް ކުރިމަތިލާއިރު ތަޢުލީމީ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިޔުން ހުށަހަޅަން ވާނެއެވެ. 4.3 ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. 4.4 ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. 4.5 ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ދައުލަތުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. 4.6 އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.
5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
6. މިހާރު ވަޒީފާ އަދާކުރަމުންދާނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔުން. 7. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. (މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ) 8. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމު.
|
||
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު |
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެކަށީގެންވާ ފަރާތެއް ކަނޑައެޅުމުގައި، ދެ މަރުޙަލާއަކަށް އެސެސްކުރުމުގެ ޕްރޮސެސް ކުރިއަށްގެންދެވޭނެއެވެ.
ފުރަތަމަ މަރުޙަލާ: މި މަރުޙަލާގައި، ވަޒީފާއަށް ކުރިމަތިލާ ފަރާތް އެސެސްކުރާނެ ގޮތާއި، ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
ދެވަނަ މަރުޙަލާ: ދެވަނަ މަރުޙަލާއަށް ޝޯޓްލިސްޓްކުރެވޭނީ، ފުރަތަމަ މަރުޙަލާގައި މާކްސް ދިނުމަށް ކަނޑައެޅިފައިވާ ޖުމްލަ މާކްސްއިން މަދުވެގެން 75% މާކްސް ލިބޭ ފަރާތްތަކެވެ. ނަމަވެސް، ފުރަތަމަ މަރުޙަލާއިން 75% މާކްސް ލިބޭ ފަރާތްތަކުގެ އަދަދު 2 (ދޭއް) އަށްވުރެ މަދުވާނަމަ، ފުރަތަމަ މަރުޙަލާގައި މާކްސް ދިނުމަށް ކަނޑައެޅިފައިވާ ޖުމްލަ މާކްސް އިން 65% އަށްވުރެ މަތީން މާކްސް ލިބޭ ފަރާތްތައް ދެވަނަ މަރުޙަލާއަށް ޝޯޓްލިސްޓް ކުރުމުގެ އިޙްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
ދެވަނަ މަރުޙަލާގައި، މާކްސް ދިނުމަށް ހަމަޖެހިފައިވަނީ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން ހުށަހަޅާ ޕްރެޒެންޓޭޝަނުގެ މައްޗަށެވެ.
ވަޒީފާ ހަމަޖައްސާ ފަރާތެއްގެ ގޮތުގައި ކަނޑައަޅާނީ، އެސެސްކުރުމުގެ ދެވަނަ މަރުޙަލާ އިން އެންމެ މަތީން މާކްސް ލިބޭ ފަރާތެވެ.
|
||
ސުންގަޑި |
2019 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން |
||
އިތުރު މަޢުލޫމާތު |
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރްޔަމް ޝިއުނާ ހުރަވީ ބިލްޑިންގ 2ވަނަ ފަންގިފިލާ (ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް އެދޭ ފޯމް)
|
||
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު ނަންބަރު: 3015200 އީމެއިލް: [email protected]
|