ދިވެހިރާއްޖެ
(IUL)E-380/2019/33ނަންބަރު
އިޢްލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޝަތު ހުޅުވާލެވިފައިވާ ވާހަކަ
ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން
1- ސެކިއުރިޓީއާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2019 އޮކްޓޯބަރ 15 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
2- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 އޮކްޓޯބަރ 23 ވާ ބުދަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
އިތުރު މަޢުލޫމާތު
ހ- މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
ށ- މަޢުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ނ- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
ރ- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް
ތަފްޞީލް |
އިންސައްތަ |
ހުށަހަޅާފައިވާ އަގަށް |
90% |
ތަޖުރިބާއަށް(ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ދާއިރާއާއިގުޅޭ ލިޔުން ތަކަކަށްވުމާއި، ލިޔުން ދޫކުރި ފަރާތުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތަކެވެ.) |
10% |
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ހ. އަންދާސީ ހިސާބު
ށ. ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
ނ. ޖީ.އެސް.ޓީ.ރަޖިސްޓްރޭޝަން ކޮޕީ
ރ. މީރާއިން ދޫކުރާ ޓެކްސް ކުލިއަރެންސް ކޮޕީ
ބ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ
ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ
އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
08 ޞަފަރު 1441
07 އޮކްޓޯބަރ 2019