ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)219-MS/1/2019/15
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި:
10 އޮކްޓޫބަރު 2019 14:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
ރާއްޖޭގައި ނެރޭ އޮންލައިން ނޫސްތައް އެއްތަނަކުން ކިޔާލެވޭގޮތަށް ތައްޔާރުކޮށް ހިންގަމުންދާ 2 މޮބައިލް އެޕްލިކޭޝަން ކަމަށްވާ "އަޑަފި" އާއި "ފަސޭހަ" ގައި ހިމަނާފައިވާ ބައެއް ނޫސްތައް ހިމަނާފައިވަނީ އެ ނޫސްތަކުގެ އިޒުނައެއް ނެތިކަމުގެ ޝަކުވާ މިކައުންސިލަށް ވަނީ ލިބިފައެވެ.
ވިމާ، މިކަން ބަލައި މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. އެހެންނަމަވެސް މިދެންނެވި ދެ އެޕްލިކޭޝަނަކީ ކޮންފަރާތަކުން ހިންގާ ދެ އެޕްލިކޭޝަންކަން ސާފުވާގޮތްވަނީ ނުވެފައެވެ. އެހެންކަމުން މި އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން މި 2 އެޕްލިކޭޝަން ހިންގާ ފަރާތުން މިކައުންސިލަށް ވަޑައިގެން ނުވަތަ މިކައުންސިލުގެ ފޯނު ނަމްބަރު: 7967919/3003995 އަށް ގުޅައިގެން އެފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރެއްވުން އެދެމެވެ.
08 ޞަފަރު 1440
07 އޮކްޓޫބަރު 2019