ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހިންގާ ފެނުގެ މަޝްރޫއަށް ސިވިލް އިންޖިނިއަރ (ސީ.އީ) އެއް ހޯދުމާބެހޭ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ސިވިލް އިންޖިނިއަރ (ސީ.އީ)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 25 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި ޕްރޮޖެކްޓް ރަވާ ހިންގުމަށްޓަކައި އެއް (01) ސިވިލް އިންޖިނިއަރަކު އައްޔަންކުރުމަށް ބޭނުންވެއެވެ.
މިގޮތުން މި މަޝްރޫޢުގެ ސިވިލް އިންޖިނިއަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީ.ސީ.އެފް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 25 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) މަސައްކަތް ކުރިއަށް ގެންދާ ފެންވަރު ބަލާ ސުޕަވައިޒް ކުރުމުގައި ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުން ހިމެނެއެވެ.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
ސިވިލް އިންޖިނިއަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަށް:
މިމަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް މި އިޢުލާން އާ އެއްކަރުދާސް ކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" ގައިވާނެއެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ
- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި ލިބިފައިވާ ތައުލީމާއި ތަޖުރިބާއަށް ބަލާފަ 22،770 – 19,800 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 12 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ (އިންޓަރވިއު ޕްރެޒެންޓޭޝަންޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނަށް)
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ސުންގަޑި:
ވ ޝައުޤުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' [email protected] އަށް އީމެއިލް އިން ނުވަތަ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގަ މިނިނިސްޓްރީ ގެ ރިސެޕްޝަން އަށް ހުށަހެޅުއްވުންއެދެމެވެ. ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި މަގާމުގެ ނަން، އިޢުލާން ނަންބަރ، ތިރީގައިވާ އެޑްރެސް އަދި ދެވިފައިވާ ސުންގަޑި ޖަހާފައި އޮންނަންވާނެއެވެ. މައިލް އުންނަމަ މައިލް ގެ ސަބްޖެކްޓްގައި ހުށަހަޅާފަރާތުގެ ނަމާއި ވަޒީފާ ޖަހާފައި އޮންނަންވާނެއެވެ. (އީމެއިލް ލިބުންކަމުގެ ޖަވާބެއް މިމިނިސްޓަރީއިން އީމެއިލް މެދުވެރިކޮށް ފޮނުވާނެއެވެ.)
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
ޕްރޮޖެކްޓް މެނޭޖަރ
ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް
ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018396، 3018395
އީމެއިލް : [email protected]
އިތުރު މައުލޫމާތު:
މި މިސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިއިއުލާނާއި އެއްކަރުދާސް ކުރެވިފައި ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލްއިން ފޮނުވުން އެދެމެވެ.