ޢާންމު މަޢުލޫމާތު
ނަންބަރު: O11-SM/IU/2019/02
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 21 އޮކްޓޫބަރު 2019 00:00
ހައްދުންމަތީ ހިތަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޕޯޓިކޯ މަރާމާތު މަސައްކަތް

އިޢުލާން

މިމަރުކަޒު ޕޯޓިކޯ މަރާމާތު ކުރުމާގުޅޭ  

               މިމަރުކަޒުގެ ނަންބަރު O11-SM/IU/2019/01 (17.09.2019)ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް މިމަރުކަޒުން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަރުކަޒުގެ ޕޯޓިކޯގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލަމެވެ.  

     ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 އޮކްޓޯބަރ 15 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮކްޓޯބަރ 21 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

07 އޮކްޓޫބަރު 2019