ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2019/81
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 31 އޮކްޓޫބަރު 2019 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫ ރައްޔިތުންގެ "އިންޖީނުގޭގައި " ބޭނުންކުރި 300 ކިލޯ ވޯޓުގެ ބާ ޕެނަލް ބޯޑު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ

ފ.ނިލަންދޫ ރައްޔިތުންގެ "އިންޖީނުގޭގައި " ބޭނުންކުރި 300 ކިލޯ ވޯޓުގެ ބާ ޕެނަލް ބޯޑު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ.  

1-ޕެނަލް ބޯޑުގެ ނީލަން ފެށޭ އަގަކީ -/100،000 (އެއްލައްކަ ރުފިޔާ) އެވެ.

2- މިނީލަމުގައި   އެންމެ   ކުޑަކޮށް  އިތުރުކުރެވޭނެ   އަދަދަކީ ފަހަރަކު  -/5000  (ފަސްހާސް ރުފިޔާ)އެވެ.

          ވީމާ މިޕެނަލްބޯޑު ގަންނަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ސިޓީފޮނުއްވުން އެދެމެވެ. މިނީލަމުގައި  ބައިވެރިވުމަށް  ސިޓީ ފޮނުއްވަމުން ގެންދަވާނީ  2019 އޮކުޓޫބަރު 07 ވަނަ ދުވަހުގެ ހެދުނު 9:00 ން ފެށިގެން 2019 އޮކުޓޫބަރު 31 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ. މި ކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގައި ވެއުދޮށުމައިޒާނުގައި ހުންނަ ނޯޓިސް ބޯޑާއި އަދި މިކައުންސިލްގެ ފޭސްބުކު ޕޭޖުގައި ހުންނާނެއެވެ.

       މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަން ނިމޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ދެފަރާތް އެއްބަސްވާގޮތެއްގެ މަތިން ފައިސާ ދެއްކުމުގެ ކަންތައްތައް ކުރިޔަށް ގެންދަންވާނެއެވެ. ޕެނަލްބޯޑު ދޫކުރެވޭނީ ފައިސާ ދައްކައި ނިމުމުންނެވެ.

        ޕެނަލް ބޯޑު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން  ނިލަންދޫ ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ޕެނަލްބޯޑް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  މިއިދާރާގެ ނަންބަރު 6740016 ނަންބަރާއިއެވެ.  

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

 

7  ޞަފަރު     1441

 6 އޮކުޓޫބަރު    2019

06 އޮކްޓޫބަރު 2019