ދިވެހިރާއްޖެ
ތަޢާރުފާއި ނަން
އުސޫލުގެ މަޤްސަދު
|
1.
2.
|
|
(ހ) މި އުޞޫލަކީ، ޤާނޫން ނަންބަރު 2010/7 (ދިވެހި ރާއްޖޭގެ އިދާރާ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ފުވައްމުލަކު ސިޓީ މަގުމަތީގައި ނުވަތަ ދައުލަތުގެ ބިންބިމާއި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ބެހޭ އުސޫލެވެ.
(ށ) މި އުސޫލައަށް ކިޔަނީ "ފުވައްމުލަކު މަގުމަތީގައި ނުވަތަ މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ބެހޭ އުސޫލެވެ."
(ހ) ހަރުދަނާކަމާއެކު ފުވައްމުލަކު މަގުމަތީގައި ނުވަތަ މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ފުވައްމުލަކު މަގުމަތީގައި ނުވަތަ މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ ޤަވާއިދު" ދެމެހެއްޓެނެވި ގޮތަކަށް ތަންފީޛު ކުރުމެވެ. |
|
||
އުސޫލު ތަންފީޛު ކުރާ ފަރާތް |
3. |
|
މިއުސޫލު ހިންގައި ތަންފީޛުކުރާނީ، ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. |
|
||
ހުއްދައަށް އެދުން |
4. |
ގާޑިޔާ ނުވަތަ މޭޒު ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކުން ހުއްދައަށް އެދި ހުށަހަޅާނީ އެކަމަށް އެދި ހުށަހެޅުމަށް ފުވައްމުލަކުސިޓީ ކައުންސިލުން ދޫކުރާ ފޯމަކުން ފުވައްމުލަކުސިޓީކައުންސިލް އިދާރާއަށެވެ. މިފޯމް ފުވައްމުލަކު ސިޓީ ކައުންސިލުގެ ކައުންޓަރުންނާއި ސިޓީކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |
|
|||
ހުއްދައަށް އެދޭ ފޯމް
ގާޑިޔާ ނުވަތަ މޭޒު ހިންގާ ފަރާތުގެ ޝަރުތުތައް
|
5.
6.
|
މިއުސޫލުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް އެދޭ ފޯމް ގައި ތިރީގައިމިވާ ކަންކަން ހިމަނަންވާނެއެވެ. (ހ) ގާޑިޔާ ނުވަތަ މޭޒު ބަހައްޓަން އެދޭ ތަނުގެ ނުވަތަ ސަރަޙައްދުގެ ބޮޑުމިނާއި (ދައުލަތުގެ ބިމެއްނަމަ) އެސަރަޙައްދުގެ(ބިން އޮތް އަވަށާއި ، މަގު ފަދަ) މަޢުލޫމާތު (ށ)ހުއްދަ ދޫކުރެވޭ މުއްދަތު (ނ) ހުއްދަ ދިނުމުގައި ބަލާނެ ކަންކަން (ރ) ހުއްދައަށް އެދޭ ގާޑިޔާ ނުވަތަ މޭޒުގައި ވިއްކާނެ ތަކެތީގެ ލިސްޓް (ބ) ހުއްދައަށް އެދޭ ފަރާތުގެ މައުލޫމާތު
(ހ) ފުވައްމުލަކު ރައްޔިތަކަށްވުން
(ށ) އުމުރުން 70 އަހަރުވެފައިވާ މީހަކަށްނުވުން
(ނ) ހުއްދައަށް އެދޭ ފަރާތުގެ އަނބި/ ފިރި/ އަމިއްލަނަމުގައި ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން އެއްވެސް ވިޔަފާރި ކުރާ ފަރާތެއްކަމުގައި ނުވުން
(ރ) ޝަރުއީ އެއްވެސް ހުކުމަކާއި ގުޅިގެން އެއްވެސްކަހަލަ ބަންދެއްގައިވާ މީހަކުކަމުގައި ނުވުން
(ބ) ޝަރުޢީ ހުކުމަކާއި ގުޅިގެން، ހުކުމް ތަންފީޛުކޮށްފައިވާނަމަ އެހުކުމް ތަންފީޛުކޮށް ނިމުމަށްފަހު މިލާދީގޮތުން 3 (ތިނެއް) މަސްދުވަސް ފުރިހަމަވެފައިވުން.
|
|
|||
މުއްދަތާއި ތަނުގެ ބޮޑުމިން
ހުއްދަ ދޫކުރެވޭނެ ފަރާތްތައް:
ފީނެގުން
ކޭޝިއަރުން ބެހެއްޓުން |
7.
8.
9.
10.
|
(ހ) މިއުސޫލުގެ ދަށުން ހުއްދަދެވޭ ގާޑިޔާ ނުވަތަ މޭޒު ބެހެއްޓުމަށް ހުއްދަ ދެވޭނެ އެންމެ ދިގު މުއްދަތަކީ، 05 އަހަރެވެ. (ށ) މިއުސޫލުގެ ދަށުން ވިޔަފާރިކުރާ ފަރާތުން ވިޔަފާރިކުރަން ބޭނުންކުރާ ގާޑިޔާ ނުވަތަ މޭޒުގެ ދިގުމިނާއި ، ފުޅާމިން އަދި ވިޔަފާރިކުރުމަށް ބޭނުންކުރާނެ ސަރަހައްދު އެގޭފަދަ ކުރެހުމެއް ހުށަހަޅަންވާނެއެވެ. (ޙ) މިއުސޫލުގެ ދަށުން ގާޑިޔާ ނުވަތަ މޭޒު ބެހެއްޓުމުގެ ހުއްދަ ދޫކުރެވޭނީ ފުވައްމުލަކުގައި ދިރިއުޅޭ ފުވައްމުލަކު ރައްޔިތުންނަށެވެ. (ށ) މި މާއްދާގެ (ހ) ގެ ދަށުން ފުވައްމުލަކު ރައްޔިތުންކަމަށް ފުވައްމުލަކު މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއްގެ އަނބި ނުވަތަ ފިރި މީހާ ބެލެވޭނެއެވެ. (ހ) ގާޑިޔާ ނުވަތަ މޭޒު ބެހެއްޓުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން 500.00 (ފަސްސަތޭކަ ރުފިޔާ)ގެ މަހުފީ އެއް ފުވައްމުލަކު ސިޓީ ކައުންސިލަށް ދައްކަންވާނެއެވެ. (ށ) ހިނގާ މަހުގެފީ ކޮންމެ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ކައުންސިލަށް ދައްކަން ވާނެއެވެ. 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަ ޖެހިގެން އަންނަ ހުޅުވޭ ދުވަހު ޖުރިމާނާ އަކާ ނުލާ ފީ ބަލައި ގަންނާނެއެވެ. (ނ) ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ފީ ބަލައިގަނެވޭނީ 50.00 (ފަންސާސްރުފިޔާ)ގެ ޖުރިމާނާ އަކާއެކުގައެވެ. (ރ) ފީ ނުދައްކާ 1 (އެކެއް) މަސް ދުވަސް ފާއިތުވުމުން ހުއްދަބާޠިލްކޮށް، ގާޑިޔާ ނުވަތަ މޭޒު ނެގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.
(ހ) ގާޑިޔާ ނުވަތަ މޭޒުގައި ކޭޝިއަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެވޭނީ ދިވެހި ރައްޔިތަކަށެވެ. (ނ) ކޭޝިއަރެއްގެ ގޮތުގައި ބިދޭސީއަކު ބަހައްޓައިފިނަ ފުރަތަމަ ފަހަރު 1000.00 (އެއްހާސް) ރުފިޔާއިން ޖުރިމާއިނާ ކުރެވޭނެއެވެ. ދެވަނަފަހަރު 2500.00 (ދެހާސްފަސްސަތޭކަ)ރުފިޔާއިން ޖުރިމާނާ ކުރެވޭނެއެވެ. އަދި ތިންވަނަފަހަރު އިތުރު އިންޒާރަކާނުލައި ހުއްދަ ބާޠިލް ކުރެވޭނެއެވެ.
|
|
|||
ހުއްދަ ދެވޭ ފަރާތް ނިޔާވުން |
11. |
|
(ހ) ހުއްދަ ދީފައިވާ ފަރާތް ނިޔާވެއްޖެނަމަ 7 ދުވަހުގެ ތެރޭގައި ވާރުތަވެރިން ފުވައްމުލަކު ސިޓީ ކައުންސިލަށް އަންގަންވާނެއެވެ. (ށ) ހުއްދަ ދީފައިވާ ފަރާތް ނިޔާވެއްޖެކަން ކައުންސިލަށް އެންގުމުން، ދީފައިވާ ހުއްދައިގައިވާ ފީއަށް، ހުއްދަ ދެވިފައިވާ ފަރާތުގެ އާއިލާގެ މެމްބަރަކަށް އެހުއްދަ ދޫކޮށްފައިވާ ތަން،ހުއްދާގައި ބާކީ އޮތްމުއްދަތަށް ޙަވާލް ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ. (ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކައުންސިލަށް އެންގުމެއް ނެތި، ހުއްދަ ދޫކޮށްފައިވާ ގާޑިއާ ނުވަތަ މޭޒު ބޭނުންކޮށްފިނަމަ، އެފަރާތެއް ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ދީފައިވާ ހުއްދަ ބާތިލް ކުރެވޭނެއެވެ. |
|||
ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން |
12.
|
(ހ) މިއުޞޫލުގެ ދަށުން ދޫކޮށްފައިވާ ހުއްދަ، ކައުންސިލުން ހުއްދަ ދީފައިވާ ފަރާތުން، އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށްވެސް ދިނުމަކީ މަނާކަމެކެވެ. (ށ) މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ހުއްދަ، ކައުންސިލުން ހުއްދަ ދީފައިވާ ފަރާތުން، އެހެންފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށްވެސް ދޫކޮށްފިނަމަ، އެ ފަރާތެއް 5000/- (ފަސްހާސް) ރުފިޔާއިން ޖުރިމާނާ ކުރުމަށްފަހު، ދޫކޮށްފައިވާ ހުއްދަ ބާޠިލް ކުރެވޭނެއެވެ. |
|
|||
ހުއްދަ ދޫކޮށްފައިވާ ތަނުގައި ވިއްކޭނެ ތަކެތި |
13.
|
|
(ހ)މިއުސޫލުގެ ދަށުން ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަށް ހުއްދަ ހޯދާފައިވާ ފަރާތްތަކުން ވިއްކަންވާނީ ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗެވެ. (ށ) މިއުސޫލުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަންތަނުގައި ވިއްކޭނީ، ސައްޙަ ގޮތުގައި ހޯދާފައިވާ ތަކެއްޗެވެ. (ނ) ވައްކަންކޮށްގެން ގެންނަ ތަކެތި ގަނެގެން ގާޑިޔާތަކުގައި ބަހައްޓާކަމުގެ ޝަކުވާ ކައުންސިލަށް ލިބިއްޖެނަމަ، އެކަން މޯލްޑިވްސް ޕޮލިސްސަރވިސް އާއިގުޅިގެން ތަޙްޤީގު ކުރެވޭނެއެވެ. އަދި އެފަދަކަމެއް ސާބިތު ވެއްޖެ ނަމަ ފުރަތަމަ ފަހަރު ނަޞޭހަތް ދިނުމަށްފަހު -/500 ރުފިޔާއިން ޖުރިމާނާކުރެވޭނެއެވެ. އަދި އެފަދަކަމެއް ތަކުރާރުވެއްޖެ ނަމަ އިތުރު އިންޒާރަކާ ނުލާ ހުއްދަ ބާޠިލް ކުރެވޭނެއެވެ. |
|
||
ހުއްދަ ދޫކޮށްފައިވާތަން ހުންނަންވާނެގޮތް |
14. |
(ހ) މި އުސޫލުގެ ދަށުން ގާޑިޔާ ނުވަތަ މޭޒު ބަހައްޓަން ހުއްދަ ދޫކުރެވޭ ސަރަޙައްދުގައި ކައުންސިލްގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ ޢިމާރާތެއް، ޓެންޓެއް އަދި އެއްވެސް ތަނެއް ހަދައިގެން ނުވާނެއެވެ. އަދި ބާޓިނާއި ސަތަރި އަދި ގޯނިފަދަ ތަކެތި ބޭނުންކޮށްގެން ނިވައިކުރުމަށް އެއްވެސް ތަނެއް ހަދައިގެން ނުވާނެއެވެ. (ށ) މި އުސޫލުގެ ދަށުން ހުއްދަ ދޫކޮށްފައިވާ މޭޒު ނުވަތަ ގާޑިޔާ ހިމެނޭ ސަރަޙައްދަކީ އަމިއްލަ ގޯއްޗެއް ނޫން ކަމުގައިވާނަމަ އެތަނުގައި އަދި އެސަރަޙައްދުގައި ރުއްގަސް އިންދުމާއި އެއްވެސް ބާވަތެއްގެ ދަނޑު ގޮވާމެއް ކުރުމަކީ މަނާކަމެކެވެ. އަދި މިގޮތަށް ހައްދާފައިވާ ތަކެތި ނެގުމަށް މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގައި އެތަކެތި ނުނަގައިފިނަމަ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ކައުންސިލުން އެތަކެތި ނަގާލެވޭނެއެވެ. (ނ) މި އުސޫލުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަންތަނުގައި ހުންނަ ގާޑިޔާ ނުވަތަ މޭޒުގެ ސަރަޙައްދުގައި ބާވެ ހަލާކުވެފައިވާ ސޯފާ އާއި ބާއެނދު، އުނދޯލި ފަދަ ތަކެތި ބަހައްޓައިގެން ނުވާނެއެވެ. އަދި ބާވެ ހަލާކުވެފައި ހުންނަ ޕްލާސްޓިކް ގޮނޑި ފަދަ ތަނުގެ ވިއު ހުތުރުވާ ޒާތުގެ އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ. (ރ) ފުވައްމުލަކު ސިޓީގެ މަގުތަކުގައި އަދި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކުގައި ނުވަތަ ހުސްބިމެއްގައިވިޔަސް ވިޔަފާރި ކުރެވޭނީ މިއުސޫލްގެ ދަށުން ފުވައްމުލަކު ސިޓީ ކައުންސިލްއިން ހުއްދަ ދީގެންނެވެ.
|
|
|||
ޞިއްޙީ މިންގަނޑު
|
15. |
(ހ) މި އުސޫލުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަކެތި ހުންނަންވާނީ ޞިއްހީ ގޮތުން ކާބޯތަކެތި ބެހެއްޓުމަށް ކަނޑައެޅިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތަށެވެ. އަދި މިއުޞޫލުގެ ދަށުން ހުއްދަ ދޫކުރެވޭ ތަންތަން ސާފުތާހިރުކަމާއެކު ބަލަހައްޓަންވާނެއެވެ. (ށ) މި އުސޫލުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަންތަނުގައި، އެދުވަހެއްގައި އުފެދޭ ކުނި، އެ ދުވަހަކު އުކާލަންވާނެއެވެ. (ނ) މި އުސޫލުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަންތަން ސާފުތާހިރު ކޮށް ބެލެހެއްޓުމަކީ ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރެވޭ ފަރާތުގެ ޒިންމާ އެކެވެ. އަދި އެތަންތަނުގައި، ޑަސްބިން ބަހައްޓަންވާނެއެވެ. |
|
|||
ބޭރުގައި ތަކެތި ބެހެއްޓުން |
16. |
މި އުސޫލުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަންތަނުގައި، ހުއްދަ ދީފައިވާ ސަރަހައްދުން ބޭރުގައި އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ. |
|
|||
އެއްބަސްވުން |
17. |
މި އުސޫލުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަންތަނަށް، ހުއްދަ ދޫކުރުމަށް ހަދާ އެއްބަސްވުމުގައި އަންނައިވި ކަންކަން ހިމަނަންވާނެއެވެ. (ހ) ހުއްދަ ދޫކޮށްފައިވާ ގާޑިޔާ ނުވަތަ މޭޒް ބަހައްޓާ ސަރަޙައްދުގެ ބޮޑުމިނާއި އެސަރަޙައްދު ގެމަޢުލޫމާތު (ށ) ހުއްދަ ހުއްދަ ދޫކުރެވޭ ފަރާތުގެ ފުރިހަމަ މަޢުލޫމާތު (ނ) ހުއްދަ ދީފައިވާ މުއްދަތު (ރ) ހުއްދަ ދޫކުރާ މިންވަރާއި، ހުއްދައިގެ ފީ ދައްކާނެގޮތް (ބ) ހުއްދައިގެ ފީ ދައްކަންޖެހޭ މުއްދަތުގައި، ފީ ނުދައްކައިފިނަމަ ޢަމަލުކުރަންވީ ގޮތް (ޅ) އެއްބަސްވުން ބާޠިލުނުކޮށް ޖުރިމާނާގެގޮތުގައި އެންމެ ގިނަވެގެން ނެގޭ ނިސްބަތް (ކ) އެއްބަސްވުމުގައިވާގޮތަށް ހުއްދައިގެ ފީއާއި ޖުރިމަނާގެ ފައިސާނުދައްކައިފިނަމަ، އެއްބަސްވުން ބާޠިލުކޮށް، ހުއްދަ ދީފައިވާ ފަރާތުގެ ކިބައިން އެތަނެއް ނުވަތަ އެއްޗެއް އަތުލެވޭނެކަން (އ) ހުއްދައިގެ ޖުރިމާނާގެ ފައިސާ ނުދައްކައިގެން ތަން ވަކިކުރާއިރު، ހުއްދައިގެ ފީއާއި ޖުރިމަނާ ފައިސާގެ ތެރެއިން ނުދައްކާ އޮތް ފައިސާއެއް ހޯދާނެގޮތް (ވ) ހުއްދަ ދޫކޮށްފައިވާ ތަނުގައި ވިއްކާތަކެތި (މ) ހުއްދަ ދޫކުރި ބޭނުން ފިޔަވައި އެނޫންކަމެއް ކުރެވޭނެ ތޯ ނުވަތަ ނޫންތޯ (ފ) ހުއްދަ ދޫކޮށްފައިވާ ތަން، ހުއްދަ ދޫކޮށްފައިވާ މުއްދަތުގައި ތިންވަނަ ފަރާތަކަށް ނުދެވޭނެކަން (ދ) އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅާއި، ޖުރިމަނާ ކުރާނެ މިންވަރު (ތ) މަތީގައިވާ މާއްދާތަކުގެ އިތުރުން، ކައުންސިލުން ހިމަނަން ބޭނުންވާ މާއްދާތައް |
|