ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-D/374/2019/82
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 09 އޮކްޓޫބަރު 2019 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަށުކަމާކެމީގެ ކަންކަން ދަސްކޮސްދިނުން

ދާރުލް ޤުރުއާން ވައްސުންނާއާއި މިކައުންސިލާ ގުޅިގެން 01 މަސްދުވަހުގެ މުއްދަތަށް ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދޭ ކޯހެއް މިރަށުގައި ފެށުމަށް  ހަމަޖެހިފައިވާ ކަމަށް މިއިދާރާގެ ނަމްބަރު: (IUL)374-D/374/2019/77 (19 ސެޕްޓެންބަރު 2019) ގެ އިޢުލާނުގައި ވާނީ ދެންނެވިފައެވެ. ނަމަވެސް މިކަމަށް އެދޭ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން 2019 އޮކްޓޫބަރު 09 ވާ ބުދަ ދުވަހުގެ 12:00 ހަމައަށް  ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފީމެވެ. މިކޯހަކީ މޯލްޑިވްސް ކްލެސިފިކޭޝަން އޮތޯރިޓީގެ (MQA) އިން ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް ފެންވަރަށް ކިޔަވައިދޭ ކޯހެކެވެ. މިކޯހުގައި ކިޔަވައިދެވޭނީ ބްލޮކްމޯޑަށް ހަފުތާ ބަންދު ތެރޭގައެވެ. ކޯހުގެ ފީގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން -/1500 ރުފިޔާ ނެގޭނެއެވެ.

ދަންނަވަމެވެ. ކަށުކަމާކެމީގެ ކަންކަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް އެދި މިއިދާރާއަށް މިހާތަނަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުން އިތުރަށް ފޯމް ހުށަހަޅަން ނުޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ. ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރުމަށް ބޭނުންވާނަމަ މިއިދާރާގެ ( ފޯން ނަމްބަރު: 6740016 ) އާއި ގުޅުއްވައި މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

07 ޞަފަރު  1441

06 އޮކްޓޫބަރު 2019   

06 އޮކްޓޫބަރު 2019