ނީލަން
ނަންބަރު: (IUL)342/INDIV/2019/111
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 15 އޮކްޓޫބަރު 2019 10:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގައި ހުރި ބައުތަކެތި ނީލަންކިޔުން:

އިޢުލާނު

މިކައުންސިލްގައި ހުރި ބައުތަކެތި ނީލަންކިޔުން:

                     މިކައުންސިލްގައި ހުރި ބައުތަކެތި ނީލަންކިޔުން، 2019 އޮކްޓޫބަރު 15 ވާ އަންގާރަ ދުވަހުގެ ހެދުނު  10:00 ގައި މި އިދާރާގެ ގޯތިތެރޭގައި އޮންނާނެ އެވެ. މި ނީލަމުގައި މާގަނޑުގޮތެއްގައި ހުންނާނީ ބައުވެފައިވާ ކަރަންޓްގެ ސާމާނާއި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ތަކެއްޗެވެ.

                     ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 އޮކްޓޫބަރު 15 ވާ އަންގާރަ ދުވަހުގެ ހެދުނު  10:00 އަށް މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު އެދުވަހުގެ ހަވީރު 6:00 ގެ ކުރިން ތަކެތި ގެންގޮސް ތަން ހުސްކުރަންވާނެ އެވެ.

                     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                     08 ޞަފަރު 1441

                     07 އޮކްޓޯބަރ 2019

07 އޮކްޓޫބަރު 2019