ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)345-CAA/345/2019/41
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 15 އޮކްޓޫބަރު 2019 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިހާން ކުރައްވާނެ ފަރާތެއް ހޯދުމާއިގުޅޭ

 

ނަންބަރު:IUL)345-CAA/345/2019/41)

 

އިޢުލާން

މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީން ޒޯން ލައިސަންސް ދޫކުރުމަށް ބޭނުންވާ ކައުންސިލްތަކައް އެފުރުސަތު ދެއްވާފައިވާތީ، މިކައުންސިލުން އެކަމަށް ޝައުގުވެރިކަން ހުރުމާއިއެކު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިހާނު ކުރައްވާނެ ބޭފުޅުން ހޯއްދަވަން މިކައުންސިލުން ބޭނުންވެއެވެ.

            ވީމާ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ކުރައްވަން ބޭނުންފުޅު ވެލައްވަވާ (ދެޖިންސް) ގެބޭފުޅުން 15 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލައް ވަޑައިގެން ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި އެއްގަމު ލައިސަންސްގެ ކޮޕީއެއް ހުށައެޅުމަށްވެސް ދަންނަވަމެވެ.

            މިކަން ޢާންމުކޮށް އެއްގުމަށްޓަކައި އިޢުލާންކުރީމެވެ.

06 އޮކްޓޫބަރު 2019