ދިވެހިރާއްޖެ
އިޢުލާނު |
|
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-282579 |
ބޭނުންވާ އަދަދު: |
1 ( އެކެއް ) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ށ.ޅައިމަގު ކައުންސިލްގެ އިދާރާ / ށ. ޅައިމަގު |
މުސާރަ: |
މަހަކު 4,465.00 ރުފިޔާ |
ސަރވިސް އެލެވަންސް: |
މަހަކު 1500.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް. 4. ސަޕޯޓިންގް ކޯ އެލަވަންސް2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މައިގަނޑު މަސައްކަތް
1- ކައުންސިލް އިދާރާއަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ފޯމްތައްޔާރުކޮށް ތަކެއްޗާއި ޚިދުމަތް ހޯދުން 2- ހަރުމުދަލުގެ ސްޓޮކް އަދި އިންވެންޓްރީ ލިޔެބެލެހެއްޓުން 3- ބަންދުމީހުންގެ ރަޖިސްޓްރީ ލިޔެބެލެހެއްޓުން 4- ކައުންސިލް އިދާރާގެ ޕްރޮކިއުމެންޓް މަސައްކަތް ބެލެހެއްޓުން 5- ރަސްމީ ދުވަސްތަކުގައި ގަޑިޔަށް އޮފީސް ހުޅުވުން. 6- ކައުންސިލްގެ ޙަރަކާތު ރިޕޯރޓް ލިޔެބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތުގައި ފޮނުވުން. 7- ކައުންސިލްގެ 6 މަސްދުވަހުގެ ރިޕޯޓް ލިޔެބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތުގައި ފޮނުވުން.
8- ކައުންސިލްގެ އަހަރީ ރިޕޯޓު ގާނޫނުގައި ވާގޮތުގެމަތިން ލިޔެބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތުގައި ފޮނުވުން. 9- ކޯޓުތަކުން ކުރާ ހުކުމްތަންފީޒުކުރުމުގާ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ދިނުން. 10- ޙަވާލުވެފައިވާ މަސައްކަތާއި ގުޅޫގޮތުން ލިޔަންޖެހޭ ސިޓީ މެސެޖު އިޢުލާނު ފަދަތަކެތި ލިޔުމާއި، މައްސަލަތަކުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން. 11- މުވައްޒަފުގެ މަސައްކަތާގުޅޭ ލިޔެކިޔުންތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއެކު، ހޯދަންބޭނުންވާ ވަގުތު ފަސޭހައިން ފެންނާނޭހެން ފައިލްކޮށް ޤަޥާޢިދުން ބެލެހެއްޓުން. 12- ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަންކުރުން 13- މުވައްޒަފުގެ ޚާއްސަ ވާޖިބްތަކުގެ އިތުރުން ދިމާވާ ކުއްލި އިމަޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން 14- ރިޓަޔަރމަންޓް ޕެންޝަން ސްކީމްއަށް ހުށަހަޅާ ފޯމްތައ ބަލައިގަތުމާއި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، އެފަރާތްތަކުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން |
މަޤާމުގެ ޝަރުޠުތައް: |
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހީ" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން
|
ގުޅޭ ވަޒީފާގެ ދާއިރާ: |
އެޑްމިނިސްޓްރޭޝަން |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޮކްޓޯބަރ 2019 ގެ 14:00 ގެ ކުރިން، ށ.ޅައިމަގު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 އޮކްޓޯބަރ 2019 އާއި 31 އޮކްޓޯބަރ 2019 އާ ދެމެދު، ޅައިމަގު ކައުންސިލް އިދާރާގައެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540051 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. |