ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ވީ.އައި.އޭ 2020 ވަނަ އަހަރަށް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) 2020 ވަނަ އަހަރަށް އިންޝުއަރެންސް ކޮށްދީ އެޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: 116-F3/IL/2019/57 އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.
އެގޮތުން ބޭނުންވާ އިންޝުއަރެންސްތަކަކީ "އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން އިންޝުއަރެންސް"، "އެއަރޕޯޓް އެވިއޭޝަން ލަޔަބިލިޓީ އިންޝުއަރެންސް" އަދި "ޓެރަރިޒަމް އިންޝުއަރެންސް"އެވެ. މިކަމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ "އިންޓަނޭޝަނަލް އިންޝްއަރެންސް ފާރމްސް" ނުވަތަ "އިންޓަނޭޝަނަލް ރިއިންޝްއަރެންސް ފާރމްސް"ތަކުގައި އެންމެ ދައްވެގެން "އެސްއެންޑްޕީ BBB" ކްރެޑިޓް ރޭޓިންއެއް ހުންނަންވާނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 އޮކްޓޫބަރު 9 ވާ ބުދަދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން، ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 އޮކްޓޫބަރު 28 ވާ ހޯމަދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 އޮކްޓޫބަރު 28 ވާ ހޯމަދުވަހުގެ މެންދުރު 13:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.