ދިވެހިރާއްޖެ
ތަޢާރަފު
ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ފުވައްމުލަކު ސިޓީގެ ކުނި މެނޭޖުކުރާ މަރުކަޒުގައި އިންސްޓޯލްކުރުމުގެ ކުރިން، ތައްޔާރުކުމަށް ހަމަޖެހިފައިވާ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭގޮތުން ކުރެވުނު ފުރަތަމަ އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި މަސައްކަތަށް ބީލަންހުށަޅަން އަލުން އިއުލާނުކުރަމެވެ.
ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކާއި ހުށަހަޅަންވީ ތަކެތީގެ ތަފްސީލު
ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ފުވައްމުލަކު ސިޓީގެ ކުނި މެނޭޖުކުރާ މަރުކަޒުގައި އިންސްޓޯލްކުރުމުގެ ކުރިން، ތައްޔާރުކުމަށް ހަމަޖެހިފައިވާ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރާއިރު ބަލަންޖެހޭނެ ކަންތައްތަކުގެ ތަފްސީލު އެކުލެވޭ ޓަރމްސް އޮފް ރެފަރެންސް (TOR) މި އިއުލާން އާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށް ބަންދު ސިޓީއުރައެއްގައެވެ.
ޕްރޮކިއުމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ފުވައްމުލަކު ސިޓީގެ ކުނި މެނޭޖުކުރާ މަރުކަޒުގައި އިންސްޓޯލްކުރުމުގެ ކުރިން، ތައްޔާރުކުމަށް ހަމަޖެހިފައިވާ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރުން: އިއުލާން ނަންބަރު (IUL)438-WMPC/438/2019/284
މަޢުލޫމާތު ސާފުކުރުން
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ އިޢުލާން ކުރާ ތާރީހުން ފެށިގެން 07 އޮކްޓޯބަރ 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަދި [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 09 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގައި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ނޯޓު:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، ބީލަމާބެހޭ ޓަރމްސް އޮފް ރެފަރަންސް (ޓީ.އޯ.އާރް.) ގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected] ވެބްސައިޓް: www.environment.gov.mv