ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2019/41
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 16 އޮކްޓޫބަރު 2019 14:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
މީޑިއާ އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 41(IUL)197-A1/1/2019/

ތާރީޚް:   03 އޮކްޓޫބަރު 2019

މަޤާމް

މީޑިއާ އޮފިސަރ

ރޭންކް: އެމް.އެސް 1

ބޭނުންވާ ޢަދަދު

01

 

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/5610 ރުފިޔާ

މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް

- ޖުޑީޝަލް އެލަވަންސް: -/2805 (އަސާސީ މުސާރައިގެ %50)

- ސަރވިސް އެލަވަންސް: -/2000

- ލިވިންގ އެލަވަންސް: -/3000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

 

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން  އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS 4  ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

1- ސުޕްރީމް ކޯޓުގެ ފަރާތުން މީޑިއާ މެދުވެރިކޮށް ހިންގަން ބޭނުންވާ ޕްރޮގްރާމްތަކާއި، ދޭން ބޭނުންވާ މަޢުލޫމާތުތައް ދިނުމުގެ އެންމެހައި ކަންތައްތައް ކުރުން.

2- ސުޕްރީމް ކޯޓުގެ ވެބް ސައިޓްއަށް ލުމަށް އިނގިރޭސިބަހާއި ދިވެހިބަހުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

3- ސުޕްރީމް ކޯޓުގެ ޙުކުމްތަކާއި ގުޅިގެން މީޑިއާތަކަށް ދޭންޖެހޭ ޚަބަރުތައް ތައްޔާރުކުރުން.

4- ސުޕްރީމް ކޯޓުގެ ސޯޝަލް މީޑިއާ އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަނޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2019 އޮކްޓޫބަރު 16 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  1. ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.
  2. ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  3. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތް ކުރަން އެނގޭ ފަރާތަކަށްވުން.
  4. މައިކްރޯސޮފްޓް އޮފީސް ފަދަ ޕްރޮގްރާމްތައް ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  5. އިނގިރޭސި ބަހާއި ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ޚަބަރުތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކުރުމުގެ ޤާބިލްކަން ހުރިފަރާތަކަށްވުން.
  6. މީޑިއާ ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަންހުރި ފަރާތަކަށްވުން.
  7. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުންތަކާއި ކޯޓުގައި ބާއްވާ އެކި އިވެންޓްތައް ކަވަރ ކުރުމުގެ ޤާބިލުކަންހުރި ފަރާތަކަށްވުން.

އިތުރު މަޢުލޫމާތު

  1. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
  2. މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3009990
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަޕއްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  4. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  5. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ.
03 އޮކްޓޫބަރު 2019