ދިވެހިރާއްޖެ
މިމިނިސްޓްރީން ހުށަހަޅާ ސްޕެސިފިކޭޝަނަށް ފެތޭ ކޮމްޕިއުޓަރު ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީއަށް ޙާޟިރުވެ ބިޑްހުށަހެޅުއްވުމަށް ރެޖިސްޓަރ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ކުރުން |
މިނިސްޓްރީގެ ރިސެޕްޝަން |
03 އޮކްޓޯބަރ 2019 އިން 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 09:45 އާއި ހަމައަށް |
ބިޑް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގ ރޫމް 01 |
10 އޮކްޓޯބަރ 2019 ގެ 10:00 އަށް |
މިނިސްޓްރީގެ ރިސެޕްޝަން ހުޅުވިފައި ހުންނާނީ ހެނދުނު 09:00 ން މެންދުރު 13:30 އަށެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020239 ފޯނަށެވެ.
4 ޞަފަރު 1441
03 އޮކްޓޯބަރ 2019