ދިވެހިރާއްޖެ
އިންޓާންޝިޕްގެ ފުރުސަތު
މަޤާމު: ލީގަލް އިންޓާން
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މާލެ، ދިވެހިރާއްޖެ
އިންޓާންޝިޕްގެ މުއްދަތު: 3-6 މަސް
މަސްޢޫލިއްޔަތު:
މިމިނިސްޓްރީގެ އެސޯސިއެޓް ލީގަލް ކައުންސެލްގެ އިރުޝާދުގެ ދަށުން، މި އިންޓާންޝިޕަށް ހޮވޭ ފަރާތަކުން އަންނަނިވި މަސައްކަތްތައް ކުރުން:
- ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބެހޭ ޤާނޫނުތަކާއި ގަވައިދުތައް ތަރުޖަމާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބެހޭ ޤާނޫނުތަކާއި ގަވައިދުތައް ކޮންސޮލިޑޭޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން
- ބައްދަލުވުންތައް، ވަރކްޝޮޕްތައް އަދި ކޮންފަރަސްތައް ރާވާ އިންތިޒާމްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ލީގަލް އެއްބަސްވުންތަކާއި އެހެނިހެން ލީގަލް ޑޮކިއުމަންޓްސް ޑްރާފްޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ދިރާސާކުރުމާއި ދިރާސާތަކުގެ ޙުލާސާ ތައްޔާރުކުރުން
- ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން
ހުންނަންޖެހޭ ޝަރުތުތައް:
- ދިވެހި ރައްޔިތަކަށްވުން
- އެނަލިސިސް ހެދުމުގެ ޤާބިލްކަންހުރުން؛ ކަންކަން ރާވާ އިންތިޒާމްކުރުމުގެ ހުނަރުހުރުން؛ އެހެން މީހުންނާއި ގުޅިގެން މަސައްކަތްކުރުން
- ދިވެހި ބަހާއި އިގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކާ ލިޔުމުގެ ޤާބިލުކަންހުރުން
- ދިރާސާކުރުމާއި ޑްރާފްޓްކުރުމުގެ ހުނަރު؛ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށާއި ބައިނަލްއަޤްވާމި ޤާނޫނުތަކަށް އަހުލުވެރިވެފައިވުން
- ޤާނޫނީ ޑިގްރީއެއް އޮތުން ނުވަތަ ޤާނޫނީ ޑިގްރީގެ އެންމެ ފަހު އަހަރު ކިޔަވަމުން ދިއުން
އިތުރު ބަޔާން:
- އިންޓާންގެ މެޑިކަލް އިންޝުއަރެންސް އަދި އިންޓާންޝިޕްގެ މައްދަތުގައި ދިމާވެދާނެ އެއްވެސް އެކްސިޑެންޓެއް ނުވަތަ ބައްޔެއްގެ ފަރުވާއަށް މިމިނިސްޓްރީއިން ޒިއްމާނުނަގާނެކަމަށް ދަންނަވަމެވެ.
- މިއިންޓާންޝިޕަށް ހޮވޭ ފަރާތަކަށް މިނިސްޓްރީން މުސާރަ ކަނޑައަޅާފައިނުވާނެއެވެ.
މިއިންޓާންޝިޕަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން މިއިންޓާންޝިޕަށް ކުރިމަތިލުމުގެ މަޤްސަދާއި ބޭނުން ބަޔާންކޮށް ސިޓީއެއް އަދި ވަނަވަރު، 7 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުމަށް އެދެމެވެ. މި ލިޔުންތައް އީމެއިލްގެ ޒަރިއްޔާއިން [email protected] މި އީމެއިލް އެޑްރެހަށް ވެސް ހުށަހެޅުއްވި ދާނެއެވެ.
މި އިންޓާންޝިޕަށް އެއް ފަރާތަށް ވުރެއް ގިނަ ފަރާތުން ހުށަހަޅައިފިނަމަ، މި އިންޓާންޝިޕަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ އިންޓަވިއުއިންނެވެ.
03 އޮކްޓޯބަރ 2019