މަސައްކަތް
ނަންބަރު: IUL-D/423/2019/72
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 07 އޮކްޓޫބަރު 2019 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން ނަމްބަރ:    IUL-D/423/2019/72

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ ވަށާ ފެންސް ޖެހުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު: IUL-D/423/2019/65   (16 ސެޕްޓެމްބަރ 2019) އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތުތަކަށް އިތުރު އިސްލާހް ގެންނަން ބޭނުންވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން  07 އޮކްޓޯބަރ 2019 ވާ ހޯމަ  ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮކްޓޯބަރ 2019  ވާ ހޯމަަަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ފަރެސްމާތޮޑާ ފުޓްސެލްދަނޑުގެ ފެންސްޖެހުމުގެ މަސައްކަތް "  މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                

02 އޮކްޓޯބަރ 2019

02 އޮކްޓޫބަރު 2019