ދިވެހިރާއްޖެ
މިރަށުގައި ހަދަންފަށާފައިވާ ފުޓްސެލް ދަނޑުގެ ނުނިމިހުރި މަސައްކަތް ތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރިން މި އިދާރައިގެ ނަންބަރު: (IUL)347/347/2019/73 އިޢުލާނައިގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، ސުރުހީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި އެވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ.
# |
މަސައްކަތް |
ތަފްޞީލް |
1 |
ބިޑްފޯމު ދޫކުރުން |
ބިޑުފޯމު ދޫކުރާނީ، 2019 އޮކްޓޫބަރު 07 އިން 2019 އޮކްޓޫބަރު 14 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް (ބިޑުފޮތެއްގެ އަގަކީ 250.00(ދުއިސަތައް ފަންސާސް) ރުފިޔާ އެވެ.) |
2 |
ޕްރީބްޑު މީޓިން |
ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ، 2019 އޮކްޓޫބަރު 16 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ހަންޏާމީދޫ ކައުންސިލްގެ އިދާރާގައެވެ. |
3 |
ބިޑުހުށަހެޅުން |
މި މަސައްކަތަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަންނާނީ، 2019 އޮކްޓޫބަރު 20 އިން 2019 އޮކްޓޫބަރު 23 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއިންނެވެ. |
4 |
ބިޑު ހުޅުވުން |
ހުށަހަޅާބިޑުތައް ހުޅުވާނީ 2019 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާގައި، ބިޑުހުށަހެޅި ފަރާތްތަކުގެ ނުވަތަ އެ ފަރާތްތަކުން ފޮނުވާ ބައެއްގެ ޙާޟިރުގައެވެ. ބިޑު ހުޅުވުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ފޮނުވަންވާނީ، އެކަން އެގޭނެ ލިޔުމަކާއިއެކުއެވެ. |
މި މަސައްކަތަށް އެދި ހުށަހަޅާ ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ ބިޑުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބަލައިނުގަންނާނެވާހަކަ ދަންނަވަމެވެ.