ދިވެހިރާއްޖެ
| ވަޒީފާގެ ފުރުސަތު | |
| މަޤާމް: | މަސައްކަތު | 
| މަޤާމުގެ ނަންބަރު: | J219035 | 
| ބޭނުންވާ އަދަދު: | 01 (އެކެއް) | 
| މަޤާމުގެ ގިންތި: | ދާއިމީ. | 
| ރޭންކް: | އެސް.އެސް 1 | 
| މަޤާމުގެ ކްލެސިފިކޭޝަން: | ސަޕޯޓް ސްޓާފް ގްރޭޑް 1 | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | އދ. މަހިބަދޫ ކައުންސިލްގެ އިދާރާ. | 
| މުސާރަ: | 3100.00 | 
| ސަރވިސް އެލަވަންސް: | 1000.00 | 
| ސަޕޯޓިންގ ކޯ އެލަވަންސް: | 1200.00 | 
| އެހެނިހެން އެލަވަންސް: | 1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1- ރަށުކައުންސިލުން ކަނޑައަޅާ މިސްކިތަކަށްނުކުމެ ޙަވާލުކުރާ މަސައްކަތްތައް އިމާމުގެ ބެލުމުގެ ދަށުން ދުވަހުން ދުވަހަށް ފުރިހަމައަށް ކުރުން. 2- މިސްކިތާއި މިސްކިތު ގޯތިތެރޭގައިވާ އެއްމެހާ ޢިމާރާތަތައް ފޮޅާސާފުކޮށް އެތަން ތަނަށް ލިބޭ ގެއްލުން، އިމާމުންނަށް ހުށަހެޅުން. 3- މިސްކިތު ގޯތިތެރޭގައި ގަސްއިންދާ ގަހަށް ފެންދީ ބެލެހެއްޓުމާއި، ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ސާފުކޮށް، އުފެދޭކުނި ރަށުގައި ގެންގުޅޭ އުސޫލާއި އެއްގޮތަށް ދުވަހުން ދުވަހަށް ނައްތާލުން. 4- މިސްކިތުގައި ހުރި ވަޅުތަކު ދިޔަހިއްކުމާއި، ފާޚާނާތަކާއި ވުޟޫކުރާ އިސްކުރުތައް ދުވަހުން ދުވަހަށް ސާފުކުރުމާއި، މިސްކިތު މޮގޯލިތައް ވަގުތުން ވަގުތަށް ސާފުކޮށް ބެލެހެއްޓުން. 5- މިސްކިތުގައިހުރި ހޮޅިބުރިތަކާއި، ބޮކިތަކާއި ފަންކާފަދަ ތަކެތި އެހިނދަކަށް ބޭނުންވާ މިންވަރަކަށް ދިއްލާ ނިއްވުމާއެކު މިސްކިތުގައި ހުންނަ ބިއްލޫރި އުނބު ފަދަތަކެތި ސާފުކޮށް ބެލެހެއްޓުން. | 
| މަޤާމުގެ ޝަރުޠުތައް: | 1- ލިޔަން ކިޔަން އެނގުން. 2- މަޤާމަށް ބޭނުންވާ ތަމްރީނެއް ހާސިލްކޮށްފައިވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 ހ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައެޅިފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޓްގެ ކޮޕީ. ނުވަތަ ކޯސް ފުރުހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލްކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. ށ- މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 ހ- ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޔެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ށ- އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮކްޓޯބަރު 2019 ވާ ބުރާސްފަތި ދުވަހުގެ (14:00) ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާ އަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނަނީ މަހިބަދޫ ކައުންސިލް އިދާރާ ގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި އާއި ތާރީޚް ދެންނެވޭނެ އެވެ. | 
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެ އެވެ. | 
| އިތުރު މަޢުލޫމާތު: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6680773) އަށެވެ އީ-މެއިލް ކުރާނީ ([email protected]) އަށެވެ. | 
އަޙްމަދު ޚަލީލް
މަހިބަދޫ ކައުންސިލްގެ ރައީސް