ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2019/48
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 10 އޮކްޓޫބަރު 2019 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓާންޝިޕް ފުރުސަތު- ފައިނޭންސް

މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މި ދަންނަވާގޮތަށް މީހަކު ބޭނުންވެއެވެ. 

 ބޭނުންވާ ޑިވިޜަން/ސެކްޝަން/ދާއިރާ:

 ފައިނޭންސް ސެކްޝަން

 ބޭނުންވާ އަދަދު:

 1 (އެކެއް)

 ބޭނުންވާ މުއްދަތު:

 3 (ތިނެއް) މަސްދުވަސް (މަސައްކަތަށް ބަލާ ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން މި  މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު ލިބިގެންވޭ)

 އެލަވަންސް:

 ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް -/165 ރުފިޔާ

 މަސައްކަތްކުރަންޖެހޭ ވަގުތު:

 08:00 ން 15:00 އަށް

 މައިގަނޑު މަސައްކަތް

  • އޮތޯރިޓީއަށް އަންނަ އެންމެހާ ބިލްތަކަށް ފައިސާދެއްކުމުގައި އެހީތެރިވެދިނުން.
  • ނަގުދު ފައިސާ ޕްރޮގްރާމްތަކުގައި ބޭނުން ކުރުމަށްފަހު ބަޖެޓަށް އަނބުރާ ޖަމާކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ރާއްޖެއާއި ރާއްޖެއިން ބޭރަށް އޮފީހުގެ ފަރާތުން ކުރާ ދަތުރުތަކާއި ގުޅިގެން ދޭންޖެހޭ އެލަވަންސްތައް ދިނުމާއި އެކަމާއިގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  • ޚަރަދު ހިސާބުތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

 ތައުލީމީ ފެންވަރު:

 ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ކޮޕީ
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

 އެދެންވީގޮތާއި ސުންގަޑި:

  • ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް އިންޓަރންޝިޕަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމް ބަލައިގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

  • އިންޓަރންޝިޕަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ މެރިޓް އުސޫލުން އެންމެ ގިނައިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
  • ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
02 އޮކްޓޫބަރު 2019