މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2019/166
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 14 އޮކްޓޫބަރު 2019 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަލަހައްޓަމުންގެންދާ އިމާރާތް ތަކުގައި އަލިފާންނިވި ހަރުކޮށް 01 (އެކެއް) އަހަރަށް ސަރވިސްކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް:

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންބަލަހައްޓަމުންގެންދާ އިމާރާތް ތަކުގައި އަލިފާންނިވި ހަރުކޮށް 01 (އެކެއް) އަހަރަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 07 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އެވެ. އަދި މި އިޢުލާންއާއި ގުޅިގެން ސައިޓްތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ތާރީޚްތައް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

ބިޑް ސެކިއުރިޓީ، ޕާފޯމަންސް ސެކިއުރިޓީ އަދި އެޑްވާންސް ޕޭމަންޓް

މި އިޢުލާން އާއި ގުޅިގެން ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 20,000.00ރ (ވިހި ހާސް ރުފިޔާ) 60 ދުވަހުގެ ބޭންކް ގެރެންޓީ އާއިއެކު ހުށަހަޅުއްވަންވާނެއެވެ. މި މަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ %5 ހުށަހަޅަންވާނެއެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 އޮކްޓޯބަރ 14 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 އޮކްޓޯބަރ 13 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

 

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައި އޮންނަންވާނެއެވެ.

 

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންބަލަހައްޓަމުންގެންދާ އިމާރާތް ތަކުގައި އަލިފާންނިވި ހަރުކޮށް 01 (އެކެއް) އަހަރަށް ސަރވިސްކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު ނަންބަރު:    IUL)471-CDS3/1/2019/166)

01 އޮކްޓޫބަރު 2019