ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)342/INDIV/2019/106
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 14 އޮކްޓޫބަރު 2019 11:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ އިދާރާއަށް ސެކިއުރިޓީ ކެމެރާ ހޯދުން

އިޢުލާނު

މިކައުންސިލްގެ އިދާރާއަށް ސެކިއުރިޓީ ކެމެރާ ހޯދުން

 

              މިކައުންސިލްގެ އިދާރާއަށް ސެކިއުރިޓީ ކެމެރާ ހޯދުމަށް މިކައުންސިލްގެ ނަންބަރ: (IUL)342/INDIV/2019/99 (18 ސެޕްޓެމްބަރ 2019) އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އިއުލާންކުރަމެވެ.

 

                  މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާއަށް ސެކިއުރިޓީ ކެމެރާ ގަންނަން ބޭނުންވެއެވެ.

                       ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

07 އޮކްޓޯބަރ 2019

ހޯމަ

މެންދުރު ކުރި 11:00

ބިޑް ހުށަހެޅުން

14 އޮކްޓޯބަރ 2019

ހޯމަ

މެންދުރު ކުރި 11:00

                      މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.

                    މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ.

                       ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           02 ޞަފަރު 1441

01 އޮކްޓޫބަރު 2019

01 އޮކްޓޫބަރު 2019