ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2019 | 045
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 09 އޮކްޓޫބަރު 2019 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލް ޑައިރެކްޓަރ

 

މަޤާމް: ހޮސްޕިޓަލް ޑައިރެކްޓަރ

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާއި ތަޖުރިބާ:

  1. މަގާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް

ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ

2. މަގާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-       އޮޕަރޭޝަން ޑިވިޝަންގެ އިސްވެރިޔާގެ ހައިސިއްޔަތުން އެ ޑިވިޝަނުގެ ދަށުގައި ހިމެނޭ ޕެރަމެޑިކްސް، ނަރސިންގ، ލެބޯޓްރީ، ޕަބްލިކްހެލްތް ޔުނިޓް، ބައޯ މެޑިކަލް އަދި މެޑިކަލް ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތައް ރާވާ، ބެލެހެއްޓުން

2-      ޞިއްޙީ ދާއިރާއިން ކަނޑައަޅާފައިވާ މޮނިޓަރިންގ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ޓެކްނިކަލް ލަފާދީ ޑޮކިއުމެންޓްތައް ރިވިއުކޮށް މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން.

3-       ހޮސްޕިޓަލްއިން ކުރިއަށްގެންދާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި އެދިރާސާތަކުގެ އަލީގައި ޚިދުމަތްތައް ރަނގަޅު ކުރުމަށް ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ލަފާދިނުން.

4-       މަސައްކަތްތައް ހިންގާނެގޮތުގެ ޢާއްމު އުޞޫލުތައް (ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ) ތައްޔާރުކުރުމާއި އަދި އެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ބެލެހެއްޓުން. 

5-       ޚިދުމަތްހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދިރާސާކޮށް އެ ޚިދުމަތްތައް ފަރުމާކޮށް ހުށަހެޅުން

މުސާރައާއި އިނާޔަތް :

މުސާރަ:                   13890.00 ރުފިޔާ

ސަރވިސް އެލަވަންސް:         2000.00 ރުފިޔާ

ރިސްކް އެލަވަންސް:           75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:       208.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

ކުރިމަތިލުމުގެ ސުންގަޑި: 09 އޮކްޓޯބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

01 އޮކްޓޫބަރު 2019