ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގެ ރީޖަނަލް ފަޔަރ ސަރވިސްގެ ޚިދުމަތަށް ކޮންޓްރެކްޓް އުސޫލުން މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
މަޤާމު |
އޮގްޒިލަރީ ފަޔަރމަން |
ސްޓޭޝަން |
އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަން |
ބޭނުންވާ އަދަދު |
1 |
މުސާރަ |
(މަހަކު) -/4465 ރުފިޔާ |
ސަރވިސް އެލަވަންސް |
(މަހަކު) -/1500 ރުފިޔާ |
އާއްމުކޮށް މަސައްކަތް ކުރަންޖެހޭ ތަން |
އައްޑޫ ސިޓީ ހިތަދޫ |
އިތުރު ޢިނާޔަތްތައް |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުތު
|
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު
|
އޮގްޒިލަރީ ފަޔަރމަނުންގެ މަސްއޫލިއްޔަތަކީ އެކިއެކި ޙާދިޘާ ތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ޙާދިޘާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމެވެ. މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އަރާއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލާ ގެންގުޅުމުގެ އިތުރުން ތަކެތި ނައްތާލަންޖެހުންވެސް ހިމެނެއެވެ. |
ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ، 2019 އޮކްޓޫބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށް ނުވަތަ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިއުލާނާގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރަކީ 3322601 އެވެ. ފެކްސް ނަންބަރަކީ، 3325525 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
02 ޞަފަރު 1441