ވަޒީފާގެ ފުރުޞަތު
ނަންބަރު: GS50/IUL/2019/22
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 09 އޮކްޓޫބަރު 2019 14:00
ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ރިލީފް ޓީޗަރ)

މަޤާމް:                         ރިލީފް ޓީޗަރ

ބޭނުންވާ އަދަދު:                    02 (1 ޤުރުއާން ޓީޗަރ، 1 ދިވެހި ޓީޗަރ)

ވަޒީފާއޮތް އޮފީސް:                   ޝަމްސުއްދީން ސްކޫލް/ އައްޑޫ ސިޓީ މީދޫ

މަޤާމުގެ ގިންތި:                     ވަގުތީ

މުއްދަތު:                         2019 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމުމާއި ހަމައަށް (21 ނޮވެމްބަރ 2019 ގެ ނިޔަލަށް)

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :           އެކަޑަމިކް ސެކްޝަން/ ޝަމްސުއްދީން ސްކޫލް

މަޤާމުގެ ޝަރުޠުތައް:

-  ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން، ނުވަތަ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން، ނުވަތަ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ ތެރެއިން ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

މުސާރައާއިއެލަވެންސް:

ތަފްޞީލް

މުސާރަ (މަހަކަށް)

ސަރވިސް އެލަވެންސް (މަހަކު)

ސާނަވީ ތަޢުލީމު ފުރިހަމަކުރުން

-/4500ރ.

-/1500ރ.

މަތީ ސާނަވީ ތަޢުލީމު ފުރިހަމަަކުރުން

-/5500ރ.

-/1500ރ.

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކުރުން

-/6090ރ.

-/2500ރ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ޙަވާލުކުރެވިފައިވާ ގްރޭޑްގެ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުން

- ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމައޫލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން

- ޙަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފްގަޑިތަކަށް ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރިގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން

- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއިގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން

- ސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން

- ސްކޫލުން ކުރިއަށްގެންދާ ޚާއްސަމަސައްކަތްތަކުގައި ބައިވެރިވުމާއި ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

- ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން

- ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއިގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން

- ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން

- ކްލަބް، ޔުނިފޯމްޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ޙަރަކާތްތަކުގައި ފުރިހަމަޔަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން

- ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލުގެ ސިއްރުތައް ހިފެހެއްޓުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، އިއުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަސް ތެރޭގައި ޝަމްސުއްދީން ސްކޫލްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ ސިވިލް ސަރިވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ނ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ރ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ބ- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

ޅ- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ކ- ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އ- އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޝަމްސުއްދީން ސްކޫލު އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 09 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 14:00 އެވެ.

ނޯޓް:

-  ގްރޭޑް 10 ނިންމިކަމަށް ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

-  ގްރޭޑް 12 ނިންމިކަމަށް ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

-  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޝަމްސުއްދީން ސްކޫލުގެ ނަންބަރު 6895733 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2019