ދިވެހިރާއްޖެ
އިޢުލާން
މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.
މަޤާމް: |
ރެޖިސްޓަރޑް ނަރސް |
||||
މަޤާމުގެ ނަންބަރު: |
J-230130, J-230141, J-230156 J-305222, J-305162, J-305183, J230123, J-230125, J-230162, J-230122, J-230160, J-230159
|
||||
ބޭނުންވާ އަދަދު: |
12 (ބާރަ) |
||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||
މަޤާމުގެ ރޭންކް: |
ސީ.އެސް.8-1 |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
ނަރސިންގ ޕްރޮފެޝަނަލްސް |
||||
ވަޒީފާ އަދާކުރަން ޖެހޭ ތަން |
މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި (އެޓޭޗް ކުރެވިފައިވާ ލިސްޓްގައިވާ މަރުކަޒުތަކުގެ ތެރެއިން އެދިލައްވާ ތަނަކަށް) |
މަގާމު |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ) |
ރެޖިސްޓަރޑް ނަރސް |
CS8-1 |
ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
-/9060 ރުފިޔާ |
CS8-2 |
ރެޖިސްޓަރޑް ނަރސް، ސީއެސް8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/9210 ރުފިޔާ |
|
CS8-3 |
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
-/9360 ރުފިޔާ |
|
ސީނިއަރ ރެޖިސްޓަރޑް ނަރސް |
CS10-1 |
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
-/9670 ރުފިޔާ |
CS10-2 |
ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް10-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/9920 ރުފިޔާ |
|
CS10-3 |
ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް10-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/10160 ރުފިޔާ |
|
ކްލިނިކަލް ނަރސް |
CS12-1 |
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
-/10410 ރުފިޔާ |
CS12-2 |
ކްލިނިކަލް ނަރސް، ސީއެސް12-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/10660 ރުފިޔާ |
|
CS12-3 |
ކްލިނިކަލް ނަރސް، ސީއެސް12-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/10940 ރުފިޔާ |
ސަރވިސް އެލަވަންސް
އެހެނިހެން އެލަވެންސް |
މަސައްކަތްކުރާ ދުވަހަކަށްޖެހޭ 188.00ރުފިޔާ (މަހަކު 5,640ރުފިޔާ)
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: 1. ލިބިފައިވާ ތަޢުލީމު. 2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން. 3. މަގާމުގެ މަސައްކަތުގެ ދާއިރާއ ގުޅޭ ތަޖުރިބާ. 4. އިންޓަވިއުގެ މާކްސް. 5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު. 6. މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ (މިއެޖެންސީގެ ވެބްސައިޓުގައި މިމަޢުލޫމާތު ލިބެން ހުންނާނެއެވެ). |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް އަދި ފެކްސް 3328184 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019އޮކްޓޫބަރު 10 އާއި 2019 އޮކްޓޫބަރު 15 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ. |
ޝޯޓް ލިސްޓްކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
01 ސަފަރު 1440
30 ސެޕްޓެންބަރު 2019