ދިވެހިރާއްޖެ
މިރަށުގެ ކުޅިވަރު އެކުވެނީގައި ޖަހާފައިވާ ފެންސް ދާތަށް ނެގުމަށްފަހު އައު ފެންސްދާ ޖަހާ ދަގަނޑު ހޮޅިތަކުގައި ދަވާދުލާ ވަށާފާރުގައި ކުލެލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތް 20ދުވަހުގެ ތެރޭގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 13:30 އަށް މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 08 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 13:30 އަށް މިމަސައްކަތްކޮށްދެއްވޭނެ އަގު ބަޔާންކޮށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާ އަށް ވަޑައިގެންދެއްވުންއެދި ދެންނެވީމެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއި އައިޑީ ކާޑުގެ ކޮޕީއެއް ދެއްވުމަށްފަހު ފޮނުވުމަށް ދަންނަވަމެވެ. އަދި މި ދެބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތްތަކުގެ އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ.
ހުށަހެޅޭ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެ މިންގަނޑު ތިރީގައި އެވަނީ އެވެ.
އެންމެ ދައް އަގެއް ހުށަހަޅާ ފަރާތަކަށް 80 މާކްސް
މަސައްކަތުގެ ތަޖުރިބާއަށް 20 މާކްސް
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.