ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ޕްރޮޖެކްޓް ނަމްބަރ: PC-171/2019/W-L148
- މި ސަރވިސްއިން ދޭ ނަމޫނާއި އެއްގޮތަށް، މި ސަރވިސްގެ މުވައްޒަފުން ބޭނުންކުރާ ޓެކްޓިކަލް ޔުނިފޯރމް 3 (ސަފާރީ ޔުނިފޯރމް) ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރު 171-I2(b)/ IUL/2019/104 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައި ނުވާތީ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި :[email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 03 އޮކްޓޯބަރ 2019 ވަނަ ދުވަހު ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
4. ޕްރީބިޑް އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ވަގުތާއި ތާރީހުގައި އިސްކަންދަރު ބިލްޑިންގ ގައެވެ.
ތާރީޚް: 07 އޮކްޓޯބަރ 2019
ގަޑި: 11:00
5. ބީލަން ހުޅުވުން އޮންނާނީ 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްކަންދަރު ބިލްޑިންގގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
7. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު ކަރުދާސްތައް ބިޑް ރެޖިސްޓްރޭޝަން ސްލިޕާއި އެކު މެެއިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
8. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާލެއް ވާނަމަ 06 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް
މޯލްޑިވްސް ޕޮލިސް ސަރވިސް
އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
ފޯން:9790052
އީ-މެއިލް: [email protected]
ކޮޕީ: [email protected]
30 ސެޕްޓެމްބަރ 2019
Bid Registration Form ބީލަމުގައި ރަޖިސްޓަރީވާ ފޯމް |
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
|