ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ ގދ. ގައްދޫ ކެމްޕަހުގައި ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުން ވެއްޖެ.
1. މޯލްޑިވްސް ޕޮލިޓެކްނިކުގެ ގދ. ގައްދޫކެމްޕަހުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން
(ނަންބަރު:((IUL)213-AD/1/2019/61 އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ސެޕްޓެމްބަރ 2019 އިން 08 އޮކްޓޯބަރ 2019އަށް 08:00 އިން 14:00 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގައި ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 09 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ 1 ފަންގިފިލާގެ މީޓިންގ ރޫމްގައެވެ.
5. މި ބީލަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ހީރާސްކުރެވިފައިވާނެއެވެ.
6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މޯލްޑިވްސް ޕޮލިޓެކްނިކް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3305417
އީ-މެއިލް: [email protected]
ގދ. ގައްދޫ ކައުންސިލް އިދާރާ
ގދ. ގައްދޫ
ފޯން: 6840003
އީ-މެއިލް: [email protected]